ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 08:07
ގައުމީ އެއްބައިވަންތަކަމުގެ ހަރަކާތުގައި ސަރުކާރު އޮފީސްތަކުގެ ގިނަ ބަޔަކު ބައިވެރިވެފައިވޭ
ގައުމީ އެއްބައިވަންތަކަމުގެ ހަރަކާތުގައި ސަރުކާރު އޮފީސްތަކުގެ ގިނަ ބަޔަކު ބައިވެރިވެފައިވޭ
ޓްވިޓަރ
އެއްބައިވަންތަކަމުގެ ދުވަސް
ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި އަތުގުޅާލުމުގެ ހަރަކާތުގައި ނާއިބު ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި
މި ހަރާކާތް ކުރިއަށް ދިޔައީ ރައީސް އޮފީސް ކައިރީގައި
ގިނަ ބަޔަކު ވަނީ މިހަރަކާތުގައި ބައިވެރިވެފައި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވަޑައިގެންފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރައީސް އޮފީހާއި ވެލާނޭ ބިލްޑިންގ ހުންނަ ސަރަހައްދުގައި އަންގާރަ ދުވަހުގެ ހެނދުނު 09:15 ހާއިރުއެވެެ.

މިހަރާކާތުގައި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާއި ފުލުހުންނާއި ސިފައިން ވެސް ބައިވެރިވިއެވެ.

ހަރަކާތުގައި ދުވާހާ ގުޅޭ ހާއްސަ ދުޢާއެއް ކޮށްފައިވާ އިރު ހިމޭންކަމުގެ ސުކޫތެއް ވެސް ވަނީ ގެނެސްފައެވެ.

ރާއްޖޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިނގައިދިޔަ ސުނާމީ ކާރިސާއާ ގުޅިގެންނެވެ. މިހާދިސާގައި ރާއްޖޭގެ 82 މީހުން މަރުވެފައިވާ އިރު 26 މީހެއް ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. މީގެ އިތުރަށް މިހާދިސާގައި 15،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ އިރު 13 ރަށަކުން މީހުން ވަނީ ބަދަލުކޮށްފައެވެ.

- ކޮމެންޓް