ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 10:07
ތުޅާދޫގައި ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލަނީ
ރައީސް ޔާމީން
ތުޅާދޫގައި ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލަނީ
ތުޅާދޫ އިން ރާއީސް ޔާމީނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ބ. ތުޅާދޫއަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން ތުޅާދޫ އަށް ވަޑައިގަތީ އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ތުޅާދޫއަށް ފައިބާވަޑައިގެންނެވުމާއެކު އެއްބަޔަކު އެ މަނިކުފާނަށް މަރުހަބާ ދެންނެވިއިރު، ރަށުގެ ގިނަ ބަޔަކު އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ އެވެ. 

އަޑު އުފުލަމުން ދިޔަ މީހުންގެ ފުލުހުން ވަނީ ވަރަށް ދުރަށްޖައްސައިފަ އެވެ. 

ރައީސް ޔާމީން ތުޅާދޫއަށް ކުރައްވާ ދަރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނޭ އެންމެ ފަހު ރަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ތުޅާދޫ ބަނދަރު ވަނީ ހުޅުވައި ދެއްވައިފަ އެވެ. 

ރައީސް ޔާމީން ތުޅާދޫއަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން އާދިއްތަ ދުވަހު ހެނދުނު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މުޅިއެކު 8 ރަށަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ މިރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ބ. އަތޮޅު ކެންދޫގައި ވެސް ރައީސް ޔާމީނާ ދެކޮޅަށް ވަނީ އަޑުއުފުލައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް