ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 09:31
ސީރިއާގައި މަރުވި ދެ ޒުވާނުން ކަމަށް ބުނެ ބިލާދު އަލް ޝާމް މީޑިއާއިން އާންމުކޮށްފައިވާ ފޮޓޯ
ސީރިއާގައި މަރުވި ދެ ޒުވާނުން ކަމަށް ބުނެ ބިލާދު އަލް ޝާމް މީޑިއާއިން އާންމުކޮށްފައިވާ ފޮޓޯ
ބިލާދް އަލް ޝާމް މީޑިއާ
ސީރިއާގައި ދިވެހިން
ސީރިއާގައި މަރުވީ ދިވެހި ދެ ޒުވާނުން، އެކަކަކީ ކޮމާންޑަރެއް
ސީރިއާގެ ހަމާ ސިޓީގައި ދިން ހަމަލާއެއްގައި
އެންމެ ކުރީ ސަފުގައި ހަނގުރާމަކުރަމުންދިޔަ ކޮމާންޑަރެއް ހިމެނޭ
ބިލާދު އަލް ޝާމް މީޑިއާއިން މިކަން ކަށަވަރުކޮށްދޭ

ސީރިއާގައި ހިނގަމުންދާ ހަނަގުރާމައިގައި ބައިވެރިވި ދިވެހި ދެ ޒުވާނަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ، އަބޫ ދުނާޖާ އަލް މާލްދީފީ ކިޔާ ޒުވާނަކާއި ޚައްތާބު އަލް މާލްދީފީ ކިޔާ ޒުވާނެކެވެ. 

މައުލޫމާތު ލިބޭ ގޮތުގައި، ދެ ޒުވާނުން މަރުވެފައިވަނީ ސީރިއާގެ ހަމާ ސިޓީއަށް ސީރިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައެވެ.

ސީރިއާގައި ހަރަކާތްތެރިވަމުންދާ ދިވެހިންގެ ޚަބަރުތައް ގެނެސްދޭ، ބިލާދް އަލްޝާމް މީޑިއާއިން ވަނީީ އެ ދެ ޒުވާނުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ސީރިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި އެއް ޒުވާނަކީ އެންމެ ކުރީ ސަފުގައި ހަނގުރާމަކުރަމުންދިޔަ، ކޮމާންޑަރެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ދެ ޒުވާނުން ހަނގުރާމަކުރަމުން ދިޔައީ ތަހުރީރު އަލް ޝާމް ޖަމާއަތާއެކު އެވެ. ތަހުރީރު އަލް ޝާމް އަކީ އަލް ގައިދާއާއި ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ.

ދިވެހި ސަރުކާރުން ބުނާ ގޮތުގައި ސީރިއާގައި ހަނގުރާމަ ކުރަމުންދަނީ ފަންސާހެއްހާ ދިވެހިންނެވެ. އެހެން ނަމަވެސް، ބޭރުގެ އެކިއެކި އިދާރާތަކުން ލަފާކުރާ ގޮތުގައި 200 އާ ގާތްކުރާ އަދަދަކަށް ދިވެހިން ސީރިއާގައި ހަނގުރާމަ ކުރަމުންދެއެވެ.

ހަނގުރާމައަށް ދިޔަ ގިނަ ބައެއްގެ މައްޗަށް، އަނބުރާ ރާއްޖެ އައުމުން ވަނީ ދައުވާކޮށްފަ އެވެ. ރާއްޖެ ދޫކޮށް ބޭރުގެ ހަނގުރާމައެއްގައި ބައިވެރިވާން ދިއުމަކީ ޖިނާއީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް