ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 22:49
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ރައީސް އޮފީސް
ޙާފިޡުކަން
ޙާފިޡުންނާ ގުޅޭ ކަންކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލުކޮށްފި
މިގޮތަށް ހަމަޖެއްސެވީ ރައީސް ޔާމީން އަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނޭ

ޙާފިޡުންނާ ގުޅޭ ކަންކަން ބެލެހެއްޓުން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލު ކޮށްފިއެވެ.

ޙާފިޡުކަމުގެ އިމްތިޙާނު ބޭއްވުމާ، ޙާފިޡުކަމުގެ ސަނަދު ދޫކުރުމާއި، ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ދެއްވުން އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ހުށަހެޅުއްވުމަކީ، ހަމައެކަނި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރައްވާ ކަންތައްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހޯމަ ދުވަހު ވަނީ ހަމަޖައްސަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ޙާފިޡުންގެ އިމްތިޙާނާއި ޙާފިޡުކަމުގެ ސަނަދު ދޫކުރުމާއި، ޙާފިޡުންނަށް ދައުލަތުން ދެއްވާ ޢިނާޔަތް ދެއްވުން އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ހުށަހެޅުއްވުމުގެ ކަންކަން، ޙާފިޡުންގެ ދަފްތަރު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޙަވާލު ކޮށްފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރައްވާގޮތަށް ހަމަޖެއްސެވުމުން، ފަސޭހަކަމާއެކު އޮޅުން ކުޑަގޮތަކަށް އެކަން ކުރެއްވޭނެ ކަމަށް ރައީސް ޔާމީން އަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް