ބޯކޮށް ވާރޭ ވެހި، ގުގުރުމާއިއެކު ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ހުވަދު އަތޮޅާއި ފުވައްމުލަކާއި، އެ ދެއަތޮޅާއި ދެމެދުގެ ކަނޑުގެ ސަރަހައްދަސް ޔެލޯ އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު އިރު އޮއްސުނު ވަގުތު ނެރުނު އެލަރޓްގެ ވަގުތު ހަމަވާނީ މިރޭ 10:00 ގައެވެ.
ALERT YELLOW
— Maldives Meteorology (@MetMaldives) December 25, 2017
Advisory:
Torrential rain with heavy thundershowers expected.
Area: Between Huvadhu atoll and Gnaviyani atoll
Period: 25/1845 hrs - 25/2200 hrs.
ISSUED: 1840 hrs 25 Dec 2017
-MetService-
ދެކުނުގެ ބައެއް ހިސާބުތަކަށް ޔެލޯ އެލަރޓް ނެރުނުއިރު، މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭކަމަށްވެސް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެއެވެ.
މެދުތެރޭގެ އަތޮޅުތަކަށް އިރުއުތުރުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ވައިޖެހެމުން ދާނީ ގަޑިއަކު 5 މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖޭގެ ދެކުނުގެ މައްޗަށް ބޯވިލާތައް ވަނީ ޖަމާވެފައެވެ.