ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 11:03
ކީރިތި ގުރުއާން
ކީރިތި ގުރުއާން
ރާއްޖެ އެމްވީ
ދުބާއީ ގުރުއާން މުބާރާތް
ދުބާއީ ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް
މިފަހަރު ފުރުސަތު ހުޅުވާލީ 25 އަހަރު ނުވާ ފިރިހެނުންނަށް
މިދިޔަ އަހަރު ވެސް ދުބާއީގައި ބޭއްވުނު މުބާރާތެއްގައި ދިވެއްސަކު ބައިވެރިވެފައިވޭ

ދުބާއީ ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، ދުބާއީގައި 1439 ވަނަ އަހަރު ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ގުރްއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ހަމަޖެހިފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތަކަށް ޓިކެޓް ހަރަދާއި ހުރުމުގެ ހަރަދު ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތު ތެރޭގައި، ގުރުއާން އެއްކޮށް ހިތުދަސް ވެފައިވާ ފިރިހެނަކު ކަމުގައި ވުމާއި 16 މެއި 2018 އަށް 25 އަހަރު ފުރިފައި ނުވުމުގެ އިތުރުން މި މުބާރާތުގައި މީގެ ކުރިން ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިއަކު ހޮވުމަށް ހަމަޖެހިފައި ވަނީ ކީރިތި ގުރުއާނާބެހޭ މަރުކަޒުންނެވެ. އެކަމަށް ޝައުގުވެރިވާ ފާރާތްތަކުން، 31 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށް ބޭނުންވާ މައުލޫމާތުތައް އެ މަރުކަޒަށް ހުށަހެޅުމަށް އެދިފައިވެއެވެ.

ދުބާއީގައި ބޭއްވި މުބާރާތެއްގައި މިދިޔަ އަހަރު ވެސް ބައިވެރިވެފައިވެއެވެ. އެފަހަރު ހުޅުވާލާފައި ވަނީ 25 އަހަރުން ދަށުގެ އަންހެނުންނަށެވެ. އެފަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ ރިފްދާ މުހައްމަދު ރަޝީދެވެ. އޭނާއަކީ 2014 ވަނަ އަހަރު ކީރިތި ގުރުއާން މުޅިން ހިތުދަސްކޮށް ހާފިޘްކަމުގެ ސަނަދު ހޯދާފައެވެ.

 

 

- ކޮމެންޓް