ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 10:04
އެމްޑީޕީގެ އިސްބޭފުޅުންނާއެކު ރައީސް ނަޝީދު ލަންކާގައި
އެމްޑީޕީގެ އިސްބޭފުޅުންނާއެކު ރައީސް ނަޝީދު ލަންކާގައި
ރާއްޖެއެމްވީ
ރައީސް ނަޝީދަށް ހަމަލާދިނުން
ރައީސް ނަޝީދަށް ދޭން އުޅުނު ހަމަލާ ރައީސް މައުމޫން ކުށްވެރި ކުރައްވައިފި
ހަމަލާ ކުށްވެރިކުރިކަން ރައީސް މައުމޫން ހާމަކުރެއްވީ ކުރެއްވި ޓުވީޓެއްގައި
ލަންކާގައި ތިބި ދިވެހިންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 26 ވަނަ ދުވަހުގައި
ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާ އެބައޮތްކަން ހާމަކޮށްފައިވަނީ ރައީސް ނަޝީދުގެ ފަރާތުން ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަޝީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ބަޔަކު އުޅޭކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހާމަކޮށްފައިވާތީ އެކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

 

ރައީސް ނަޝީދާއެކު އިއްތިހާދުގައި މަސައްކަތް ކުރައްވަމުން އަންނަ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ތިބި ދިވެހިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފައި ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ބަޔަކު އުޅޭކަމުގެ ރިޕޯޓްތައް އެމަނިކުފާނަށް ލިބިފައިވުމުގައި ސަބަބުން ކަމަށާއި، އެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތް ކުރައްވާ ބޭފުޅުން އެފަދަ ހުރިހާ ކަމެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

 

 

ސްރީ ލަންކާގައި މިހާރު ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ނުރައްކާ އެބައޮތްކަން ހާމަކޮށްފައި ވަނީ ރައީސް ނަޝީދުގެ ފަރާތުން ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަޝީމް އެވެ. ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ރައީސް ނަޝީދާ ބައްދަލުކުރުމުގެ ފުރުޞަތު ފަހި ކުރުމަށް މި ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ހަރަކާތް ކެންސަލް ކުރިކަން ހާމަކުރައްވަމުން ހުކުރު ދުވަހުގެ ރޭ ނަސީމް ވިދާޅުވީ، އެ ހަރާކާތް ކެންސަލް ކުރީ، ހަރަކާތް އިޢުލާނު ކުރީއްސުރެ ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން، ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

ނަސީމް އިތުރަށް ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގައިފިނަމަ އެކަން ވެގެންދާނީ ސްރީލަންކާގެ ޤާނޫނުތަކާއި ޚިލާފަށް ދިވެހިން ހިންގާ ކުށްތަކަކަށް ކަމަށާއި، އެހެން ކަމުން އެފަދަ ހާލަތަކަށް ފުރުޞަތު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަސީމް ވިދާޅުވީ މި ހަރަކާތް މިވަގުތަށް ކެންސަލް ކުރި ނަމަވެސް، ދުނިޔޭގެ ކޮންމެ ތަނަކަށް ވަޑައިގަތް ނަމަވެސް، ރައީސް ނަޝީދު ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ހުށަހެޅިފައިނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލަމުންނުދާ ކަމަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޑިސެންބަރ 2017 | ހޯމަ 11:47
ހ މ ޒ
ފުރަތަމަ ކަމަކަށް، ތިކިޔާ ހުޅަނގުގެ ޑިމޮކްރެސީ އަކީ އިސްލާމް ދީނުގެ ހުކުމްތަކުގެ ބަދަލުގައި ހުޅަނގުން އަމިއްލައަށް ތަޢާރަފްކުރި އެއްޗެއް. އެއީ މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފައްދަން އެމީހުން ރޭވި ރޭވުންތަކުގެ ބޮޑު ބައެއް. ޢެއަށް ކިޔަނީ ފިކުރީ ހަނގުރާމަ.