މާލޭ ސަރަހައްދުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މިއަދުން ފެށިގެން ކުރިއަށް ގެންދާ މިއޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލްކުރުން އިތުރުކޮށް ތަންތަން ބަލައި ފާސްކޮށް ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި މަގުމަތީގައި އުޅޭ މީހުންނާ ސުވާލުކޮށް ބަލައި ފާސްކޮށް ހަދާނެކަމަށެވެ. ހަމަ އެއާއެކު ރައްކާތެރިކަން ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކޮށް ކުށުގެ ޢަމަލުތައް ހުށަހެޅޭ ސަރަޙައްދުތައް އިތުރަށް ބަލައި ފާސްކޮށް އެސަރަޙައްދުތައް ބެލެހެއްޓުން އިތުރު ކުރެވޭނެކަމަށްވެސް ފުލުހުން ބުންޏެވެ.
ހަމައެއާއެކު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑުމަތިން އުޅަނދުތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާއިރު މި އޮޕަރޭޝަނުގައި ފާރަ ބޭނުންކޮށްގެން ތަންތަން ބަލައިފާސްކުރުމަށް ވަނީ ހަމަޖެހިފައިކަމަށް ފުލުހުން ބުނެ އެވެ. އަދި މި އޮޕަރޭޝަނުގައި ފުލުހުންގެ އިންޓެލިޖެންސްއާއި އޮޕަރޭޝަނަލް އަދި ތަހުގީގީ ދާއިރާގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.