ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 18:49
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
ރައްޔިތުންގެ މަޖިލިސް
އޮޑިޓް އޮފީސް އޮޑިޓް ކުރާނެ ފަރާތެއް ހޯދަނީ
މައުލޫމާތު ދިނުން އޮންނާނީ ޖެނުއަރީ 7ވަނަ ދުވަހު ހެނދުނު 11:00 ގައި
މަސައްކަތުގެ އެންމެ މަތީ އަގަކީ 1 ލައްކަ ރުފިޔާ
ޕްރޮޕޯޒަލް ހުށަހެޅޭނީ މީރާގައި ރަޖިސްޓްރީވެފައިވާ 'އޭ ގްރޭޑް' އޮޑިޓަރުންނަށް

އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓް ކުރާނެ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުން އިޢުލާން ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އޮޑިޓް އޮފީސް އޮޑިޓް ކުރަން ހުށަހެޅޭނެ އެންމެ މަތީ އަގަކީ އެއް ލައްކަ ރުފިޔާ ކަމަށެވެ. އެ އަގުގައި ނުވަތަ އެއަށް ވުރެ އަގު ހެޔޮކޮށް އޮޑިޓް އޮފީސް އޮޑިޓް ކޮށްދިނުމަށް ހުށަހެޅޭނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާގައި 'އޭ ގްރޭޑް' އޮޑިޓަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

އޮޑިޓް އޮފީސް މިއަހަރު އޮޑިޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނަނީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 11 ޖަހާއިރެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ ޖެނުއަރީ 21ވަނަ ދުވަހުގެ 11 ޖެހުމުގެ ކުރިންނެވެ.

އޮޑިޓް އޮފީހުގެ މެންޑޭޓްގައި ދައުލަތުގެ އޮފީސްތަކާއި ކުންފުނިތައް އޮޑިޓްކުރުން ހިމެނޭއިރު، އޮޑިޓް އޮފީސް އޮޑިޓްކުރާނެ ބަޔަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އޮޑިޓް ޤާނޫން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް