ނ. ވެލިދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުޅުއްވައިދެއްވައިފި އެވެ.
ރައީސް ޔާމީން ވެލިދޫ ބަނދަރު ހުޅުއްވައިދެއްވީ އާދިއްތަ ދުވަހުގެ ހަވީރު އެ ރަށަށް ވަޑައިގެން ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ބަނދަރަކީ 800 ފޫޓު ދިގު، އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ.
#Live #PresYameen inaugurates the harbour of #Velidhoo Island, South Miladhummadulu Atoll #NoonuLhaviyaniBaaVisit pic.twitter.com/jg8ec6nvH6
— Presidency Maldives (@presidencymv) December 24, 2017
ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.