ސިއްހީ ދާއިރާއަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ، ރައްޔިތުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޓްރިވެންޑްރަމްގައި ހުންނަވައިގެން އާދީއްތަ ދުވަހު އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރިވެންޑްރަމް މަގުމަތިން ފެންނަ ހުރިހާ ދިވެހިންގެ މޫނު މަތިން ރަމްޒު ކޮށްދެނީ ދިވެހި ދައުލަތް ފެއިލް ވެފައިވާ މިންވަރު ކަމަށެވެ. އަލީ ހުސެއިން މި ގޮތަށް ވިދާޅުވީ ޓްރިވެންޑްރަމްއަށް ބޭސްފަރުވާއަށް ދާ ދިވެހިންގެ ހާލަތަށް ނިސްބަތް ކޮށެވެ.
Trivandrum ge magumathin fenna hurihaa dhivehinge moonumathinves ramzu kodhdhenee dhivehi dhaulai fail vefaivaa minvareve. Rayyithunge beys faruvaa ah raajjeyn beyrah migothah mihaa gina adhadhakah annan jehenee sihhee dhaairaa ekasheegenvaa minvarah kuri eruvifaa nuvaathee eve.
— Ali Hussain (@AleeVoice) December 24, 2017
އަލީ ހުސެއިން ވިދާޅުވީ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާން ޖެހެނީ، ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ދާއިރާ އެކަށީގެންވާ މިންވަރަށް ކުރި އެރުވިފައި ނުވާތީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހުސެއިން މި ވަގުތު ހުންނެވީ ބޭސް ފަރުވާއަށް ޓްރިވެންޑްރަމްގައެވެ.