ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 17:09
15 ބުރީގެ ދެ ޓަވަރު އެޅުމަށް، ސިންގަޕޫރު ކުންފުންޏަކާ އެކު ސޮއި ކުރަނީ
15 ބުރީގެ ދެ ޓަވަރު އެޅުމަށް، ސިންގަޕޫރު ކުންފުންޏަކާ އެކު ސޮއި ކުރަނީ
ޓްވިޓަރ
އެމްޓީސީސީ ޓަވަރު
15 ބުރީގެ ދެ ޓަވަރު އެޅުމަށް، ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްފި
ހަވާލުކުރީ ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ
ދެ އިމާރާތް ޑިޒައިންކޮށް ޚަރަދު ކުރާ ގޮތަށް
ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޓަވަރު ނިމޭނެ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އެޅުމަށް އެމްޓީސީސީން، ސިންގަޕޫރު ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

 ސިންގަޕޫރުގެ އާރުއައި އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާ 15 ބުރީގެ ދެ ޓަވަރު އެޅުމަށް ހަވާލުކޮށްފައި ވަނީ އާދީއްތަ ދުވަހުގައެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލު ކޮށްފައި ވަނީ 15 ބުރީގެ ދެ އިމާރާތް ޑިޒައިންކޮށް ޚަރަދު ކުރާ ގޮތަށެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޓަވަރު ހަދާ ނިމޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. އެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 152 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 210 އެޕާޓްމަންޓް ހެދުމަށް ވަނީ ނިންމައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެކެވެ.

 އެގޮތުން ބައެއް ޓަވަރުތައް ހެދުމަށް ސަރުކާރުގެ ކުންފުނިތަކާއި މިހާރު ވަނީ ހަވާލު ކޮށްފައެވެ. އަދި އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަމުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް