ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 13:20
ރައީސް ޔާމީން: މުޒާހަރާ ނުކުރެވިގެން ދައްކާ ވާހަކައަށް ސަމާލުކަން ނުލިބޭނެކަން ފާހަގަކުރެއްވެވި
ރައީސް ޔާމީން: މުޒާހަރާ ނުކުރެވިގެން ދައްކާ ވާހަކައަށް ސަމާލުކަން ނުލިބޭނެކަން ފާހަގަކުރެއްވެވި
ރައީސް އޮފީސް
ރައީސް ޔާމީން
ވަކި މީހަކު ބަންދުގައި ހުރި ވާހަކަ ދައްކަންޏާ ޖެހޭނީ އަޅުގަނޑުގެ ކަންފަތުން މަޑު ނަގަން: ރައީސް ޔާމީން
މުޒާހަރާ ނުކުރެވިގެން ދައްކާ ވާހަކައަށް ސަމާލުކަން ނުލިބޭނެކަން ފާހަގަކުރެއްވެވި
ދިވެހިންގެ ކަންކަން ނިންމަން ފަރަންޖީންނަށް ދައުވަތުދޭން ނުޖެހޭ ކަމަށް ވިދާޅުވި
ނ އަތޮޅަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި

ވަކި ތަނެއްގައި މުޒާހަރާ ނުކުރެވިގެން، ނުވަތަ ވަކި މީހަކު ބަންދުގައި ހުރެގެން، އެވާހަކަ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ހަމައަށް ގެންދާނަމަ އެ ބަޔަކަށް ޖެހޭނީ ވަރަށް ފުނާއި ޖެހެންދެން އެމަނިކުފާނުގެ ކަންފަތްޕުޅުން މަޑު ނަގަން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ނ. ހެނބަދޫއަށް ވަޑައިގެން ރައްޔިތުނާއި މުޚާތަބުކުރައްވާ ރައީސް ޔަމީން ވިދާޅުވީ، ފެއްސާއި ރަތާއި ހުދު ހިފައިގެން ޤައުމީ ކަންކަމުގައި ވާހަކަ ދެއްކުމަށް އެމަނިކުފާނާއި ހަމައަށް ގޮސްފިނަމަ، އެމަނިކުފާނުގެ ކަންފަތްޕުޅު ވަރަށް ތޫނު ވާނެ ކަމަށެވެ. ނަމަވެސް، ވަކި ތަނެއްގައި މުޒާހަރާ ނުކުރެވިގެން، ނުވަތަ ވަކި މީހަކު ބަންދުގައި ހުރެގެން، އެވާހަކަ ހިފައިގެން ރައީސް ޔާމީނާއި ހަމައަށް ގޮސްފިނަމަ، އެ ބަޔަކަށް ޖެހޭނީ ވަރަށް ފުނާ ޖެހެންދެން އެމަނިކުފާނުގެ ކަންފަތްޕުޅުން މަޑު ނަގަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެބޭފުޅުން ދައްކަވާ ވާހަކައިގަ އަޅުގަނޑު އަބަދުވެސް ދަންނަވަން، ފެއްސާ ރަތާ ހުދުގެ ކަންތައްތައް އެކުލެވިގެން މުޅި ގައުމީ އެޖެންޑާއެއްގަ ވާހަކަފުޅު ދައްކަވަންޏާ، އަޅުގަނޑުގެ ކަންފަތް ވަރަށް ތޫނު ވާނެ. އެކަމަކު ވަކި ތަނެއްގަ މުޒާހަރާ ނުކުރެވޭ ވާހަކަ ދައްކަވާ ކަމަށް ވަންޏާ، ވަކި މީހަކު ބަންދުގަ ހުރެގެން އޭނަޔާ ދޭތެރޭގަ ލުއި ގޮތެއް ނުވާ ކަމަށް ވަންޏާ، ހަމަ އަޅުގަނޑު ކަންފަތުން ހަމަ ޖެހޭނީ ވަރަށް ފުނަށް ދަންދެންވެސް ހަމަ މަޑު ނަގަން ޖެހޭނީ"، ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަހެރިވެފައި ހުރި ކުދި ރަށްތަކަށް ކަންކަން ކޮށްނުދެވި ހުރި ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކަނީ އެއީ އެފަރާތްތަކުން ވެރިކަމުގައި ތިބިއިރު ނުކުރެވި ހުރި ކަންކަން ކަމަށްވާތީ އެފަދަ ވާހަކަ ދައްކަން ނުކެރިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ޤާނޫނުގެ ތެރެއިން ހިނގަހިނގައި ހުންނަ ކަންކަމަށް ޤާނޫނުގެ ބޭރުން ހައްލުހޯދަން، ނުވަތަ ބޭރުގެ އެކި ޤައުމުތައް މެދުވެރިކޮށް ހައްލު ހޯދަން އުޅޭ އުޅުން ބަލައިގަންނަން ދަތި ކަމަށާއި، ޤާނޫނާއި ޚިލާފަށް އަންނަ ބޭރުގެ ނުފޫޒަކީ އޭގެ ސަބަބުން ދިވެހި ރައްޔިތުންގެ ކުރިމަގު އުޖާލާވެގެން ދާނެ ކަންކަން ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހިންގެ ކަންކަން ނިންމުމަށް ފަރަންޖީންނަށް ދައުވަތު ދޭން ނުޖެހޭ ކަމަށާއި، ރާއްޖޭގައި ފަރަންޖީން ތިބިއިރު ދިވެހިންގެ ކަރަށް ރާ އެޅި ވާހަކަ ތާރީޚުން ފެންނަން އެބަހުރި ކަމަށެވެ.

ހެނބަދޫގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހުންނެވި "މެންބަރެއް" ކަމަށާއި، ނަމަވެސް ނ. އަތޮޅާއި މެދު ޚާއްސަ ގޮތެއް ގެންގުޅުއްވާ ކަމަށާއި، އެ އަތޮޅަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
24 ޑިސެންބަރ 2017 | އާދީއްތަ 14:52
މުހައްމަދު
ތާރީޚުން ފެންނަން އެބަ ހުރި ރަސްގެފާނަށް ކޮންމެ ރެއަކު ޅަފިރިހެން ކުއްޖަކު ތައްޔާރު ކޮށްދޭން ޖެހުނު ވާހަކަވެސް. އެކަން ނިމުމަކަށް ގެނައީ ތަބުރޭޒީ ކަމަށްވެސް ބުނެވޭ.
24 ޑިސެންބަރ 2017 | އާދީއްތަ 13:34
ގޮތްޔެ
Ahcheedee kanfaiy saafu vx nukurey dhw