ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 12:40
ހެނބަދޫ ނަރުދަމާގެ ނިޒާމު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޗަމްޕާ މުހައްމަދު މޫސާ އަދި ސަރުކާރުގެ ވެރިން
ހެނބަދޫ ނަރުދަމާގެ ނިޒާމު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޗަމްޕާ މުހައްމަދު މޫސާ އަދި ސަރުކާރުގެ ވެރިން
ޓްވިޓަރ
ނ. ހެނބަދޫ
ޗަމްޕާ ބްރަދާސްގެ އެހީގައި ހެނބަދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި
ނަރުދަމާގެ ވިއުގައާއި ހުރިހާ ގެއެއް ގުޅާލެވޭނެ

ޗަމްޕާ ބްރަދާސްގެ އެހީގައި ނ. ހެނބަދޫގައި ގާއިމްކުރާ ނަރުދަމާގެ ނިޒާމުގެ އަލީ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ދެއްވައިފި އެވެ. 

ހެނބަދޫ ބަނދަރު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަރިހުން އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވުން އެދި ދެންނެވީ ޗަމްޕާ މުހައްމަދު މޫސާ(ޗަމްޕާ އުއްޗު)އެވެ.

ހެނބަދޫގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ނަރުދަމާގެ މަޝްރޫއަށް ސަރުކާރުންވެސް ފައިސާގެ އަދަދެއް ބަޖެޓްކުރިއެވެ. އެހެން ނަމަވެސް، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ޗަމްޕާ ބްރަދާސްގެ ޚަރަދުގައި ނިންމުމަށް އެކުންފުނިން ނިންމާފައިވާތީ ރައީސް ޔާމީންވަނީ އެކުންފުންޏަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހެނބަދޫ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ޗަމްޕާ ބްރަދާސް އިން ކުރިއަށްގެންދާއިރު، އެރަށާއި އއ. ފެރިދޫގެ ނަރުދަމާ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓު މަސައްކަތަށް ޖުމްލަ 507،000 ރުފިޔާ އަށް މިދިޔަ އަހަރުގެ އޯގަސްޓުގައި ކުންފުންޏަކާ ހަވާލުކުރި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް