ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 11:49
ކުޅުދުއްފުށީ އަމީނީމަގުގައި ހިނގި އެކްސިޑެންޓްގައި
ކުޅުދުއްފުށީ އަމީނީމަގުގައި ހިނގި އެކްސިޑެންޓްގައި
ޓްވިޓަރ
ހދ ކުޅުދުއްފުށި
ކުޅުދުއްފުށީ އަމީނީ މަގުގައި ހިނގި އެކްސިޑެންޓްގައި ހޮޅި ދަނޑިއެއް ވެއްޓިއްޖެ
މި އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 07:30 ގައި

ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހި، ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހޮޅި ދަނޑިއެއް ވެއްޓިއްޖެ އެވެ.

މިކަމާގުޅޭ ގޮތުން އެރަށު ކައުންސިލްގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ހެނދުނު 07:30 ހާއިރު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އެެހެން ނަމަވެސް ޕިކަޕަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. 

ކުޅުދުއްފުށީގެ އެންމެ ދިގު މަގު ކަމުގައިވާ އަމީނީމަގުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެފަހަރު ކާރެއްޖެހި ހޮޅިދަނޑިއެއް ވެއްޓުނެވެ. ކުޅުދުއްފުށީ އަމީނީ މަގުގައި ހޮޅި ދަނޑިތައް ހުންނަނީ މަގު މެދުގައެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ އެކްސިޑެންޓް ވެއްޓުނު ހޮޅިދަނޑި މަގު މެދުން ނަގައި އިތުރު ހޮޅިދަނޑިއެއް ޖެހުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް