ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 11:35
މާޅެންދޫގެ މިސްކިތް ރައީސް ޔާމީން ހުޅުވައި ދެއްވަނީ
މާޅެންދޫގެ މިސްކިތް ރައީސް ޔާމީން ހުޅުވައި ދެއްވަނީ
ޓްވިޓަރ
ނ. މާޅެންދޫ
ސައުދީގެ އެހީގެ ދަށުން މާޅެންދޫގައި ބިނާކުރި މިސްކިތް ހުޅުއްވައި ދެއްވައިފި
500 މީހުންގެ ޖާގައިގެ މިސްކިތެއް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގެ ދަށުން، ނ. މާޅެންދޫގައި ބިނާކުރި "މަސްޖިދުލް ތަގްވާ" ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވައިފި އެވެ.

މަސްޖިދުލް ތަގްވާ ހުޅުއްވައި ދެއްވީ އާދިއްތަ ދުވަހުގެ ހެނދުނު ރައީސް ޔާމީން އެރަށް ކުރެއްވި ދަތުރުފުޅުގައެވެ.

މަސްޖިދުލް ތަގްވާއަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މާޅެންދޫއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އާ ބަނދަރުވެސް ވަނީ ހުޅުއްވައި ދެއްވާފައެވެ. 

ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާކުރި މި މިސްކިތުގެ މަސައްކަތް މުޅިން ނިންމާފައިވަނީ ޖޫން މަހުގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް