ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 10:21
ރައީސް ޔާމީން މާޅެންދޫގައި، ބަނދަރުގެ އިތުރުން މިސްކިތެއް ހުޅުއްވައި ދެއްވާނެ
ރައީސް ޔާމީން މާޅެންދޫގައި، ބަނދަރުގެ އިތުރުން މިސްކިތެއް ހުޅުއްވައި ދެއްވާނެ
ޓްވިޓަރ
ނ. މާޅެންދޫ
ނ. މާޅެންދޫ ބަނދަރު ރައީސް ޔާމީން ހުޅުއްވައި ދެއްވައިފި
26 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ބަނދަރެއް
ދިގުމިނުގައި 800 ފޫޓޫ އަދި ފުޅާ މިނުގައި 250 ފޫޓު
2016 ގެ ޖެނުއަރީގައި މަސައްކަތް ފެށިއިރު ނިންމާލާފައިވަނީ މިއަހަރުގެ ކުރީކޮޅު

ނ. މާޅެންދޫގައި މިއަހަރުގެ ކުރީކޮޅި އަލަށް ތަރައްގީކޮށް ނިންމާލި ބަނދަރު ރައީސް އަބްދުﷲ ޔާމީން ހުޅުއްވައިދެއްވައިފި އެވެ.

އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި އާދިއްތަ ދުވަހުގެ ހެނދުނު މާޅެންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައި ދެއްވިއިރު، އެ ބަނދަރަކީ 26 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ބަނދަރެކެވެ.

ދިގުމިނުގައި 800 ފޫޓޫ އަދި ފުޅާ މިނުގައި 250 ފޫޓު ހުންނަ އެ ބަނދަރު ތަރައްގީ ކުރީ އެމްޓީސީސީއިންނެވެ. ބަނދަރު ވަށައިގެން ބޮޑު ހިލަ ޖަހާފައިވާއިރު، ބަނދަރު ހިމެނޭ ސަރަހައްދުގައި ވަނީ ގައުވެސް އަޅާފައެވެ. މީގެއިތުރުން، ބަނދަރު ސަރަހައްދުގައި ބައްތިވެސް ޖަހާފައިވެއެވެ.

މާޅެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ.

މާޅެންދޫއަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި، ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެހީގައި އެރަށުގައި ހަދާފައިވާ މިސްކިތެއްވެސް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް