ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 10:20
ލ. ގަން ބަނދަރު ހެދުމަށް ހިންގި މަޝްރޫއު
ލ. ގަން ބަނދަރު ހެދުމަށް ހިންގި މަޝްރޫއު
ރާއްޖެއެމްވީ
ބަނދަރު ހެދުމުގެ މަސައްކަތް
1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން 47 ބަނދަރު ހަދާ ނިމިއްޖެ: މުއިއްޒު
900 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 31 ބަނދަރުގެ މަސައްކަތް ކުރިއަށް
އެންމެ ގިނަ ބަނދަރު ނިންމާފައިވަނީ މިއަހަރު، އެއީ 17 ބަނދަރު
އެކިކަންކޮޅުތަކުގައި ބަނދަރު ހެދުމަށް ރައީސް ޔާމީން އިސްކަންދެއްވާ

ސަރުކާރުން މިހާތަނަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން 47 ރަށެއްގެ ބަނދަރު ހަދާ ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބަނދަރު ހެދުމުގެ މަޝްރޫއުތަކާ ގުޅޭ ތަފާސްހިސާބުތަކަކާއެކު މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް 1.6 ބިލިއަން ރުފިޔާގެ ބަނދަރު ނިމިފައިވުމުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ހެދުމަށް ރައީސް އަބްދުﷲ ޔާމީން ދެއްވާ އިސްކަން ހާމަވެއެވެ.

މިނިސްޓަރު އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، 78 ރަށެއްގެ ބަނދަރު ހެދުމަށް 2.5 ބިލިއަން ރުފިޔާ ޚަރަދުކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ނިމިފައިވާ 47 ބަނދަރަކަށް ޚަރަދުކުރަންޖެހުނު 1.6 ބިލިއަން ރުފިޔާއާއި، މިހާރު މަސައްކަތް ކުރިއަށްދާ 31 ބަނދަރަކަށް ޚަރަދުވާ 900 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ތެރޭގައި ނުވަ ބަނދަރެއް ވަނީ ނިންމާފަ އެވެ. 2015 ވަނަ އަހަރުގެ ތެރޭގައިވެސް ނުވަ ބަނދަރެއް ނިންމާފައިވާއިރު، 2016 ވަނަ އަހަރުގެ ތެރޭގައި 12 ބަނދަރެއް ވަނީ ނިންމާފައެވެ. މިއަހަރުގެ ތެރޭގައި 17 ބަނދަރެއް ނިމިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

- ކޮމެންޓް