ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 05:43
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރާއްޖެ އެމްވީ
އިމްތިޔާޒު ފަހުމީ
ކުރީގެ އުއްތަމަ ފަނޑިޔާރަށް ނޭނގި މިހާރުގެ އުއްތަމަ ފަނޑިޔާރު ކޯޓު އަމުރު ނެރުއްވި!: އިންތި
ފަހުމީގެ މައްސަލައިގައި އޭރުގެ އުއްތަމަ ފަނޑިޔާރަށް ނޭނގި އަބްދުﷲ ސަޢީދު ހިމެނޭ ގޮތަށް 4 ފަނޑިޔާރުން އަމުރު ނެރުއްވި
މިމައްސަލައިގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ރައީސް އޮފީހަށް ސިޓީވެސް ފޮނުއްވި
އުއްތަމަ ފަނޑިޔާރުގެ މުސްތަޤިއްލުކަމުގެ ކަންފުޅެއްވެސް ނެތް: އިންތި

ޢާއްމުވެގެންވާ ކޯފާއެއް އަތުވެދާނެކަމަށް ބިރު ގަންނަން ޖެހޭ ވަރުގެ ކަންތައްތައް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ފަދަ ބޭބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބަވައިގެން ކުރައްވާފައި އެބަހުރިކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު, އަދި ޤާނޫނީ ވަކީލް އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ފަދަ ބޭފުޅުން ކުރިން ސުޕްރީމް ކޯޓުގައި ތިއްބަވައިގެން ކުރެއްވި ކަންތައްކުން މީހުން އަޖައިބުވެ، ބިރުން ސިހޭނެކަމަށެވެ. އެކަމުގެ މިސާލެއް ނަންގަވަމުން އިންތި ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަޤާމުން ވަކިކޮށް، ފަހުމީގެ ބަދަލުގައި ރީނީ އަބްދުއްސައްތާރު ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި މައްސަލައިގައި މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ސޮއިކުރައްވައި މަޖިލީހުގެ ނިންމުން ބާޠިލްކުރެއްވި އަމުރަކީ އޭރުގެ އުއްތަމަ ފަނޑިޔާރަށް ނޭނގި ނެރުއްވި އަމުރެއްކަމަށެވެ.

ފަހުމީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުމާއިއެކު، އޭރުގެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސޮއިކުރައްވައި، އޭރު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހަމަ އެދުވަހު، 15 އޮގަސްޓް 2013ގައި ފޮނުއްވި ސިޓީފުޅެއްގައި އެ "އަމުރަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙުމަދު މުޢުތަސިމް ޢަދުނާނު އަށް އެއްވެސް ވަރަކަށް އެނގުމެއް ނެތި، އެފަދަ އަމުރުތައް ސުޕްރީމް ކޯޓުގެ ނަމުގައި ނެރުމަށް ކަނޑައަޅާފައިވާ ޕްރޮސީޖަރ އައި އުޞޫލުތަކާއި ޚިލާފަށް ހަމައެކަނި އެއަމުރުގައި ސޮއެކުރައްވާފައިވާ ފަނޑިޔާރުން ނެރުއްވާފައިވާ އެއްޗެއްކަމުގަ ދަންނަވާ" ކަމަށެވެ.

"މި ދެންނެވީ އަބްދުﷲ ސަޢީދުމެން ކުރައްވާފައިވާ ކަންތައް. ކޯޓު އަމުރު އުއްތަމަ ފަނޑިޔާރަށް އެނގުމެއް ނެތި ނެރުއްވައިގެން މީ ހިންގަވާފައި ހުރި ކަންތައްތައް. އަޅުގަނޑުމެން ހޮޑެއް ނުލަވާނެތޯ މިހިރަ ކަންތައްތަކުގެ ހަޤީޤަތް އެނގުނީމަ؟" ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެން ފޮނުއްވި ސިޓީ ވިދާޅުވުމަށްފަހު އިންތި ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ސަރުކާރަށާއި ރައީސް ޔާމީނަށް ތާޢީދުކޮށް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިންތި ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މުސްތަޤިއްލުކަމުގެ ކަންފުޅެއްވެސް ނެތްކަމަށެވެ. އަދި މުސްތަޤިއްލުކަން ނެތުމުގެ އިތުރަށް އެކަން އެގޮތަށް ކުރައްވާކަން، ސިޔާސީ ތަންތަނަށް ވަޑައިގެން، ދެއްކެވުމަށްވެސް އުއްތަމަ ފަޑިޔާރު މަސައްކަތްކުރައްވާކަމަށް އިންތި ވިދާޅުވިއެވެ.

- ކޮމެންޓް