ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 21:20
ފޯރސީޒަން ގައި ބެހެއްޓި ބުދުތައް:- މިހާރު ވަނީ ބުދުތައް ނަގާފައި
ފޯރސީޒަން ގައި ބެހެއްޓި ބުދުތައް:- މިހާރު ވަނީ ބުދުތައް ނަގާފައި
ފޭސްބުކް
ބުދު ބެހެއްޓުން
ފޯރސީޒަންގައި ބެހެއްޓި ބުދުތައް ނަގައިފި
ފުލުހުން ބުނީ އެ މައްސަލަ ބެލިއިރު ބުދުތައް ނަގާފައިވާ ކަމަށް
ބުދުތައް ބެހެއްޓުމާގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި
ބުދުތަކާއެކު ރިސޯޓް ތައްޔާރުކޮށްފައި އޮތީ އާ އަހަރާއި ކްރިސްމަސްއާ ދިމާކޮށް

ފޯ ސިީޒަންސް ކުޑަހުރާގައި ބެހެއްޓި ބުދުތައް ނަގައިފި އެވެ. 

އެ ރިސޯޓުގައި ބަހައްޓާގައިވާ ބުދުތަކުގެ ފޮޓޯތަކާއެކު ސޯޝަލް މީޑިޔާގައި ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ފުލުހުން ބުނީ  އެ ބުދުތައް ބެހެއްޓިކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަަލަ ބެލިއިރު އެ އެއްޗެހިތައް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ފުލުހުން ނުބުނެ އެވެ. 

މަށިން ހަދާފައި ހުރި އެ ބުދުތައް ބަހައްޓާފައި ހުރީ އެރަށަށް އަރަންދާ ފާލަމުގެ ދެ ފަރާތުގަ އެވެ. ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އެ ފޮޓޯގައި ގިނަ އަދަދެއްގެ ބުދު ފެންނަން ހުރިއިރު އެ ރިސޯޓްގައި ހުރީ ކިތައް ބުދު ކަމެއް ސާފެއްނުވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބުދުތަކާއެކު ރިސޯޓް ތައްޔާރުކޮށްފައި އޮތީ އާ އަހަރާއި ކްރިސްމަސްއާ ދިމާކޮށެވެ.  އަޅުކަން ކުުރުމަށް ބޭނުންކޮށް އުޅޭ ބުދުފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް އެ މައްސަލަ ފުލުހުން ބަލަމުންދާކަމެއް އަދި ހާމަ ކޮށްފައެއްނުވެއެވެ.  

 

- ކޮމެންޓް