ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 19:58
މަހުލޫފު (ކ) ނަމާލް (ވ) އާއި ބައްދަލުކުރައްވަނީ
މަހުލޫފު (ކ) ނަމާލް (ވ) އާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
އަހުމަދު މަހުލޫފު
ނަމާލް ރާޖަޕަކްސައާއި މަހުލޫފު ބައްދަލު ކުރައްވައިފި
އިދިކޮޅު ފަރާތްތަކާއި ލަންކާގެ ހުރިހާ ސިޔާސީ ލީޑަރުންނާއިވެސް ގުޅުން ރަނގަޅު
ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ މައުލޫމާތު ނަމާލްއަށް އެރުވިން: މަހުލޫފު

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ޤާނޫން ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ރާޖަޕަކްސައާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފިއެވެ.

ކޮޅުނބުގައި އޮތް މިބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ މައުލޫމާތު ނަމާލްއަށް އަރުވާފައިވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްމަބަރުންނާއި މެދު އަމަލުކުރަމުންދާ ގޮތާއި ބެހޭ ގޮތުންނާއި އަންނަ އަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތާއި ބެހޭ ގޮތުންވެސް ނަމާލްއާއި މަހުލޫފު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ލަންކާގައި މިހާރު ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއި އެކު އޮންނަ ފަދަ ގާތް ގުޅުމެއް ރާޖަޕަކްސައާއި އެމަނިކުފާނު ކުރިން ނިސްބަތްވި ފްރީޑަމް ޕާޓީ އަދި އަލަށް އުފެއްދެވި ޕާޓީއާއި އެކުވެސް އޮވެއެވެ. ދިވެހި ސަރުކާރުން ނުރުހުންވެ ވާހަކަ ދެއްކި ނަމަވެސް، ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއިއެކު ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރުސަތު ލަންކާ ސަރުކާރުން ވަނީ ދީފައެވެ.

ނަމާލް ރާޖަޕަކްސައާއި މަހުލޫފު ބައްދަލު ކުރައްވާފައިވާއިރު، މަހުލޫފު ގެންދަވަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ޒޔާރަތް ކުރައްވައި، ރާއްޖޭގެ ޙާލަތާއި ބެހޭ ގޮތުން އެޤައުމުތަކުގެ ޤާނޫން ހަދާ މަޖިލިސްތަކުގެ މެމްބަރުންނާއި ބައްދަލުކުރައްވައި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

މަހުލޫފު ނަމާލް ރާޖަޕަކްސައާއި ބައްދަލުކުރެއްވިއިރު، ދާދި ފަހުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެން ޝަރީފް ވެސް ވަނީ ނަމާލްއާއި ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 40 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް