ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 18:42
2011 ޑިސެމްބަރ 23ވަނަ ދުވަހު "ދީނަށްޓަކައި، ޤައުމަށްޓަކައި" ނިކުތް މީހުން
2011 ޑިސެމްބަރ 23ވަނަ ދުވަހު "ދީނަށްޓަކައި، ޤައުމަށްޓަކައި" ނިކުތް މީހުން
ޓްވިޓަރ
ހައުސިން މިނިސްޓަރު މުއިއްޒު
އިސްލާމް ދީނުގެ ދިފާޢުގައި ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: ޑރ މުއިއްޒު
އެދުވަހު ރައީސް ޔާމީންއާއިއެކު ތިއްބެވި ހުރިހާ ބޭފުޅުން މިއަދު ތިއްބެވީ އެމަނިކުފާނާއި އިދިކޮޅުގައި

އިސްލާމް ދީނާއި ޤައުމުގެ ދިފާޢުގައި އޭރުވެސް އަދި މިހާރުވެސް ސާބިތުވެ ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީންކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

2011ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން "ދީނަށްޓަކައި، ޤައުމަށްޓަކައި"ކަމަށް ބުނެ ނިކުތް ދުވަސް ފާހަގަކުރުމަށް ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ތާރީޚުގެ ތެރެއިން މިއަދަކީ ގިނަ ހަޤީޤަތްތަކެއް ބުއްދީގެ އަހުލުވެރިންނަށް ލިއްބައިދޭ ދުވަހެއް ކަމަށެވެ.

މީގެ އިތުރުން "ތޭވީސް ޑިސެމްބަރު" ފާހަގަ ކުރައްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " 2011 ޑިސެމްބަރު 23 ވަނަ ދުވަހު ހަވީރު ދިވެހި މުސްލިމް ރައްޔިތުން ވަނީ މިޤައުމުގަ ލާދީނީ އެއްވެސް ޖަމާޢާތަކަށް ޖާގައެއް ނޯންނާނެކަން ކަށަވަރު ކޮށްދީފައި"ކަމަށެވެ.

ތޭވީސް ޑިސެމްބަރު ފާހަގަކުރުމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ޓްވީޓް ކުރައްވަމުން ގެންދަވާއިރު، އެދުވަހު ރައީސް ޔާމީންއާއިއެކު ތިއްބެވި ގިނަ ބޭފުޅުން ތިއްބެވީ އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ތެދުވެއެވެ. އަދި ކޮރަޕްޝަނާއި ފަސާދައާއި ވައްކަމަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އެބޭފުޅުން ގެންދެވީ ދައްކަވަމުންނެވެ. 23 ޑިސެމްބަރުގެ އިއްތިޙާދުގައި އޭރު އެންމެ އިސްކޮށް އުޅުއްވި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ، ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވައިގެން ހުންނެވީ ޖަލު ޙުކުމެއްގައެވެ.

ދީނަށްޓަކައި ޤައުމަށްޓަކައި ނިކުތް ފަރާތްތަކާއިއެކު ރައީސް ޔާމީން ނިކުންނެވިނަމަވެސް، މިހާރު ރައީސް ޔާމީން ހުންނެވީ ގިނިކަންޏާއެވެ.

- ކޮމެންޓް
23 ޑިސެންބަރ 2017 | ހޮނިހިރު 19:50
ޢަޖައިބު
Kobaa comments thah