ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 17:41
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް
ފޭސްބުކް
ދީނީ ދަރުސް
ޑރ. އިޔާޒަށް ދީނީ ދަރުސް ދިނުމަށް ހުރަސް އަޅާފައެއް ނުވާނެ: ފ. ނިލަންދޫ ކައުންސިލް
ޑރ. އިޔާޒުގެ ދަރުހަށް ހުރަސް އަޅާފައިވަނީ ނުފޫޒުގަދަ ފަރާތަކުން
ހުރަސް އަޅާފައިވަނީ ނުފޫޒުގަދަ ފަރާތަކުން ކަމަށް ދެކެވޭ ވާހަކަތަކަކީ ކައުންސިލް ބަދުނާމު ކުރުމަށް ދެކެވޭ ވާހަކަތަކެއް
މިރޭ ޑރ. އިޔާޒު އެ ރަށުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވޭ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފަށް ދަރުސް ދިނުމަށް ހުރަސް އަޅާފައިނުވާނެ ކަމަށް ފ. ނިލަންދޫ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހާއި ދިމާކޮށް ޑރ. އިޔާޒް އެ ރަށުގައި ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް ހިތާނީ މޫސުމަކަށް ވާތީ ކައުންސިލް އިން ދަރުސް ފަސްކުރުމަށް ނިންމީ ކަމަށެވެ. އަދި ކައުންސިލުގެ ފަރާތުން އެވާހަކަ ޑރ. އިޔާޒް އާއި ހިއްސާ ނުކުރެވި އޮތުމުން ބަޔަކު ދޮގު ވާހަކަތަކެއް ފަތުރަނީ ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލީލް ވިދާޅުވީ މިރޭ ޑރ. އިޔާޒު އެ ރަށުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ޑރ. އިޔާޒުގެ ދަރުހަށް ހުރަސް އަޅާފައިވަނީ ނުފޫޒުގަދަ ފަރާތަކުން ކަމަށް ދެކެވޭ ވާހަކަތަކަކީ ކައުންސިލް ބަދުނާމުކުރުމަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޑރ. އިޔާޒުގެ ރަސްމީ ބަހެއް ލިބިފައިނުވި ނަމަވެސް ޑރ. އިޔާޒުގެ އޮފިޝަލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ޑިސެމްބަރު 21 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފ. ނިލަންދޫގައި އެބޭފުޅާ ދެއްވަން އުޅުއްވި ދީނީ ދަރުސް ބާރުގަދަ ފަރާތަކުން ހުއްޓުވާފައިވާ ކަމަށެވެ.

 

 

 

- ކޮމެންޓް