ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 18:30
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އޮނިގަނޑު އެމްޑީޕީ އިން އެކުލަވާލައިފި
ކެމްޕެއިން އޮނިގަނޑު އެކުލަވާލީ ޕާޓީގެ އެތެރޭގެ މަޝްވަރާއަށް ފަހު
ޖެނުއަރީ މަހުގެ ތެރޭގައި ކެމްޕެއިން ޓީމްތައް އެކުލަވާލަނީ
މާރޗް މަސްތެރޭގައި އެމްޑީޕީ އިން ކެމްޕޭނަން އޮންނާނީ ތައްޔާރުވެފައި

އެމްޑީޕީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބްގެ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތުގެ ކެމްޕެއިން އޮނިގަނޑު އެކުލަވާލައިފިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބްގެ ކެމްޕެއިން އޮނިގަނޑު އެޕާޓީން މިހާރު އެކުލަވާލައިފައިވާ ކަމަށެވެ. ކެމްޕެއިން އޮނިގަނޑު އެކުލަވާލަނީ ޕާޓީގެ އެތެރޭގައި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

"ކެޕެއިންގ އޮނިގަނޑު ވަނީ އެކުލަވާލާފައި، މަޝްވަރާތައް ދަނީ ކުރިއަށް" ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ  އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކެމްޕޭން ޓީމްތައް އެކުލަވާލެވޭނެ ކަމަށެވެ. ކެމްޕޭން ޓީމްތައް އެކުލަވާލާނީ ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަމަށް ނިޔާޒު ފާހަގަކުރިއެވެ.  

"ޖެނުއަރީ މަހުގެ ނިޔަލަށް ކެމްޕެއިން ޓީމްތައް އެކުލަވާލާ، ފެބްރުއަރީ މަހުގެ ނިޔަލަށް ކެމްޕެއިން ޓީމްތަކުގެ ޓްރޭނިންގ ނިންމާ މާޗު މަސް ފެށޭއިރު، އެމްޑީޕީ އޮންނާނީ ކެމްޕެއިންނަން ތައްޔާރުވެފައި" ނިޔާޒު ވިދާޅުވިއެވެ.

ކެމްޕޭން ޓީމްތައް ޖެނުއަރީ މަހު އެކުލަވާލުމަށް ފަހު، ފެބްރުއަރީ މަހުގެ ތެރޭގައި ކެމްޕޭން ކުރިއަށް ގެންދާނެ ގޮތުގެ ޓްރޭނިންގ ޕާޓީގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. ކެމްޕެއިން އޮނިގަނޑުގައިވާ ގޮތަށް ކަންކަން ކުރެއްވިއްޖެނަމަ އަންނަ އަހަރުގެ މާޗް މަސް ފެށޭއިރު އެމްޑީޕީން އޮންނާނީ ކެމްޕެއިން އަށް ތައްޔާރުވެފައި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

- ކޮމެންޓް