ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 16:44
މާފުށިން ހައްޔަރު ކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި
މާފުށިން ހައްޔަރު ކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
މާފުށިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި
އޭނާގެ ބަންދަށް 11 ދުވަސް ވަނީ ޖަހާފައި

ކ.މާފުށިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.  

ފުލުހުން ބުނި ގޮތުގައި މާފުށިން ހައްޔަރު ކުރި މީހާގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅުގެ ފަސް ކޮތަޅު ފެނިފައިވެ އެވެ. އެހެން ނަމަވެސް އެއީ ކިތައް ކިލޯ ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުކުރު ދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 11 ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް