ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 09:11
މީގެ ކުރިން ފުލުހުންގެ ތަޙުޤީޤަކަސް ސަމީރު ހާޒިރު ކުރަނީ
މީގެ ކުރިން ފުލުހުންގެ ތަޙުޤީޤަކަސް ސަމީރު ހާޒިރު ކުރަނީ
މުހައްމަދު ޝަރުހާން
ރާއްޖޭގެ ސިޔާސީ މަސްރަހު
މަޖިލީހާއި މުއައްސަސާތައް މިނިވަންކޮށްދިނުމަކީ ސިފައިންނާއި ފުލުހުންގެ ޒިންމާއެއް: ސަމީރު
ގަދަބާރުން ކުރާ ވެރިކަމެއްގައި އޮތީ ކޮން އުފަލެއްތޯ ވަނީ ސުވާލުކުރައްވާފައި

ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަކީ ސިފައިންނާއި ފުލުހުންގެ ޒިންމާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ސަމީރު ވަނީ ގަދަބާރުން ކުރާ ވެރިކަމެއްގައި އޮތީ ކޮން އުފަލެއްތޯ ސުވާލުކުރައްވާފައެވެ.

ސަމީރުގެ މި ޓްވީޓްގައި އިތުރަށް ވިދާޅުވީ، ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހާއި، މުއައްސަސާތައް މިނިވަންކޮށްދިނުމަކީ ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއް ކަމަށެވެ.

 

ސަމިރު މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ރައްޔިތުންގެ މަޖިލީހުން ފަހަކަށް އައިސް ފާސްކޮށްފައިވާ ބައެއް ބިލްތަކާއި، ޤާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ޤާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ބައެއް ޙައްޤުތައް ހަނިވެގެން ގޮސްފައިވާކަން ގިނަ ފަރާތްތަކަކުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން އެއްވެއުޅުމާއި، ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމާއި ސިޔާސީ ހަރަކާތް ހިންގުން ފަދަ އެކިއެކި ޙައްޤުތައް ހަނިކުރެވިފައިވާ ކަމަށްބުނެ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަމަ މިއާއިއެކު ޚާއްސަކޮށް މިނިވަން މުއައްސަސާތައް ހިމެނޭ ގޮތަށް، އެކިއެކި މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ބޮޑު ނުފޫޒެއް އޮންނަކަން ވެސް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 40 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް