ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 22:08
ދާދި ފަހުން ރާއްޖެއިން ފެނުނު ލަންކާގެ މަސް ބޯޓެއް
ދާދި ފަހުން ރާއްޖެއިން ފެނުނު ލަންކާގެ މަސް ބޯޓެއް
އެމްއެންޑީއެފް
ކޯސްޓްގާޑު
ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުގައި އޮޔާ ދަނީ!
ބޯޓު އޮޔާދަނީ އިންޖީނު ހުއްޓިގެން

ސްރީ ލަންކާގެ މަސް ބޯޓެއް ރާއްޖޭ ސަރަހައްދުގައި އޮޔާދާކަމުގެ މައުލޫމާތު ލިބިގެން އެ ބޯޓަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި ޅ. އަތޮޅާ ދިމާ ބޭރުން އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާ "ލަކްޕްރިޔާ 1" ނަމަކަށް ކިޔާ ބޯޓް ހާލުގައި ޖެހިފައިވަނީ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށެވެ. އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮލަމްބޯ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (ކޮލަމްބޯ އެމްއާރުސީސީ) އިން ހުކުރު ދުވަހުގެ ހަވީރު 17:30 ހާއިރު އިން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓަކީ މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި އިންޖީނު ހުއްޓުމާ ގުޅިގެން ހާލުގައި ޖެހިފައިވާ ބޯޓެއް ކަމަށެވެ. 

އެ ބޯޓާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑަށް ގުޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 43 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް