ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 19:40
މެންބަރު ފައްޔާޒް އަދި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު
މެންބަރު ފައްޔާޒް އަދި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު
ރާއްޖެއެމްވީ
ޜާއްޖޭގައި އިސްލާމްދީން
ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވުމަށް އުއްތަމަ ފަނޑިޔާރަށް މެންބަރު ފައްޔާޒް ގޮވާލައްވައިފި
ދީނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، މުދާވެރިކަން ހޯދުމަށް ދީން ބޭނުންކުރާ ބަޔަކު ދައުލަތް ހިޞާރުކުރުން: ފައްޔާޒް
އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަނީ ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލުމަށް: އުއްތަމަ ފަނޑިޔާރު ސައީދު
އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރަން ރައީސް ޔާމީންގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރޭ: އުއްތަމަ ފަނޑިޔާރު ސައީދު

ގަސްތުގައި ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދަށް ގޮވާލައްވައިފިއެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި މިފަދައިން ގޮވާލައްވައި، ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މިހާރު ދީނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކޮށް، ބާރުވެރިކަމާއި، މުދާވެރިކަން ހޯދުމަށް ދީން ބޭނުންކުރާ ބަޔަކު ދައުލަތް ހިޞާރުކުރުން ކަމަށެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ، ދިވެހި ގައުމުން އިސްލާމްދީނުގެ އަލިކަން ފޮހެވިގެން ދިޔަ ނުދީ ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީނާއި ސަރުކާރަށް އުއްތަމަ ފަނޑިޔާރު ތަޢުރީފު ކުރެއްވުމާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އާލާ ކުރުމަށްޓަކައި މި ސަރުކާރުން ސްކޫލުތަކުގައި ދީން ކިޔަވައިދިނުން ހަރުދަނާކޮށް، މަތީ ތައުލީމްގެ ދާއިރާއިން އިސްލާމީ ތައުލީމް ހަރުދަނާ ކުރުމަށްޓަކައި އިސްލާމީ ޔުނިވާސިޓީއެއް އުފައްދަވާފައިވާ ކަމަށާއި، އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރުކުރައްވާ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 36 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ޑިސެންބަރ 2017 | ހުކުރު 20:41
beybe
Raajje mv.gai masakaykuraa kudinnah Liyan dhaskodhdhey koaheh hinging v.muhimmu ismufulhu Liyan dhaskodhdhey