ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 18:25
ފުލުހުންގެ ވެހިކަލެއްގެ ކައިރީގައި ފުލުހުންތަކެއް މަޑުކޮށްލައިގެން
ފުލުހުންގެ ވެހިކަލެއްގެ ކައިރީގައި ފުލުހުންތަކެއް މަޑުކޮށްލައިގެން
ރާއްޖެއެމްވީ
މުދަލަށް ގެއްލުންދިނުން
މަޑުއްވަރީގައި ފުލުހުންގެ ކާރަކަށް ގެއްލުންދިނުމުން ފުލުހުން ޚައްސަ ތަޙުޤީޤެއް ފަށައިފި
ފުލުހުންގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ބުރާސްފަތި ދުވަހުގެރޭ
މިފަދަ އަމަލުތައް ކުށްވެރިކުރާކަމަށް ފުލުހުން ބުނޭ
ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ

ރ. މަޑުއްވަރީގައި ފުލުހުން ބޭނުންކުރާ ވެހިކަލަކަށް ގެއްލުން ދިނުމާއި ގުޅިގެން ފުލުހުން ޚާއްސަ ތަޙުޤީޤެއް ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެރޭ ގެއްލުން ދީފައިވަނީ ފުލުހުން އެ ރަށުގައި ބޭނުންކުރާ ކާރަކަށެވެ. މި އަމަލު ހިންގި ފަރާތުން ވަނީ އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މަޑުއްވަރީގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުންދިން މައްސަލައާއި ގުޅިގެން ފުލުހުން ޚާއްސަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

އަދި މިފަދަ އަމަލުތައް ފުލުހުން ކުށްވެރިކުރާ ކަމަށާއި، މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި އެފަރާތްތަކާއިމެދު ޤާނޫނީ ތަރަހައިގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ދާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް