ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 13:12
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ވީނިއުސް
ޑިފެންސް މިނިސްޓަރު
ރިޔާސީ އިންތިހާބާ ދިމާވާ ކޮންމެ ފަހަރަކު ރާއްޖޭގައި ލާދީނީ ފިކުރުތައް ފެތުރުމަށް މަސައްކަތް ކުރޭ: ޑިފެންސް މިނިސްޓަރު
އިސްލާމްދީނަށް ފުށުއަރާ ޑިމޮކްރެސީއެއް ރާއްޖެ އަށް ބޭނުމެއް ނުވޭ
ރާއްޖެ އަށް އެހެން ދީންތައް ފެތުރުމަށް ބޭރުގެ ފަރާތްތަކުން ނުފޫޒް ފޯރުވާ

ރާއްޖޭގައި ރިޔާސީ އިންތިހާބާ ކުރިމަތިވާ ކޮންމެ ފަހަރަކު ލާދީނީ ފިކުރުތައް ފެތުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމުރު ވިދާޅުވެއްޖެއެވެ. 

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގައި ތަފާތު ދީންތައް ފެތުރުމަށް ނުފޫޒު ފޯރުވާ ކަމަށާއި މިކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ އިސްލާމީ އުސޫލުތަކަށް ނުފެތޭ ފިކުރެއް ނުވަތަ ޑިމޮކްރަސީއަކީ ރާއްޖެއިން ގަބޫލުކުރާނެ ޑިމޮކްރަސީއެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމު ޤާއިމުވެފައި އޮންނަ ގޮތުން ރިޔާސީ އިންތިހާބެއް ކައިރިވެގެން އަންނައިރު، ދީނީ ތަފާތު ފިކުރުތަކުގެ މީހުން ދީން ފެތުރުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެއްވިއެވެ. އެހެންވެ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް އެހެން ދީންތަކަށް ފުރުސަތު ނުދިނުމަށް ޖިހާދު ކުރަންޖެހޭކަން މިނިސްޓަރު ވިދާޅުވިއެވެ. 

ޑިފެންސް މިނިސްޓަރު ވިދާޅުވީ އިސްލާމްދީނުގެ ސާފްސީދާ ތެދުމުގައި ދެމިތިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ދޮގު ވާހަކަތަކާއި މައުލޫމާތުތައް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ ޒަރީއާ އިން ފަތުރާ ލާދީނީ މައުލޫމާތުތައް ހުންނަނީ ތުއްތު ކުދިންނާއި ޒުވާނުންގެ ހިތްތަކަށް ފަސޭހައިން ވަދެ، ވިސްނޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގައި މި ފަދަ ބުހުތާނު ދޮގުތައް ހަޤީޤަތެއްކަން ދޭހަވާ ފަދަ މޭރުމަކުން ފަތުރާއިރު، ބެލެނިވެރިންނާއި ސްކޫލުތަކުން މިކަމަށް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ދަމަހައްޓުމަށް ވަރަށް ގިނަ މަސައްކަތްކަެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެކަމާ ގުޅުން ހުރި ގާނޫނުތައް ފާސްކޮށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށާއި ދީނީ ކަންކަން ކުރިއެރުވުމަށް އިސްލާމީ ފަތުވާދޭ މަޖިލިހެއް އުފައްދާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމާއި ގުރާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށް ކަނޑައަޅައި އެކަން ތަންފީޒް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 44 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ޑިސެންބަރ 2017 | ހުކުރު 13:29
ރޯނު
ވަޒީފާ ގަޑު ދެމެހެއްޓޭތޯ ބަލާތި ދީނޭ ކިޔައިގެން ވެސް