ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 05:20
ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް)
ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް)
ރާއްޖެއެމްވީ
ހާރިޖީ ސިޔާސަތު
ބޭރުގެ ގައުމުތަކުން ރާއްޖެއަށް އިތުބާރު ނުކުރަނީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން: ކެރަފާ ނަސީމް
އިންޑިއާ ސަރުކާރަށް ތަފާތު އެކި ފަހަރު މަތިން ޔާމީން އެކި ވައުދު ވެވަޑައިގެންނެވި
މި ސަރުކާރުން ދައްކަވާ ވަހަކަތާއި ކުރައްވާ ކަންތައްތައް ދިމާނުވޭ
ފާއިތުވި ހުރިހާ ވެރިކަމެއްގައިވެސް ހާރިޖީ ސިޔާސަތުތައް ގެންގުޅުއްވީ ވަރަށް ހަރުދަނާ ކޮށް

ބޭރުގެ ގައުމުތަކުން ރާއްޖެއަށް އިތުބާރު ނުކުރަނީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ލަންކާގައި ހުންނަވައިގެން ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިޔުއެއްގައި ކެރަފާ ނަސީމް ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެ އާއި މެދު ދެކެމުން އައިގޮތް ތަފާތު ވެފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހާރިޖީ ސިޔާސަތުގެ ކަންތައްތައް ބަހައްޓަވާ ގޮތުން ބޭރު ގައުމުތަކުން ރާއްޖެއަށް އިތުބާރު ނުކުރާ ކަމަށެވެ.

"އިންޑިއާ ސަރުކާރަށް ތަފާތު އެކި ފަހަރު މަތިން ޔާމީން އެކި ވައުދު ވެވަޑައިގެންނެވި. އެންމެ ފުރަތަމަ ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމަންޓު ހަދާ ކަމުގައި ވަނީނަމަ އެންމެ ފުރަތަމަ އެގްރީމަންޓު ހަދާނީ އިންޑިއާ އާއި އެއްކޮށްނޭ. އެހެން ވިދާޅުވެފައި އޭގެ އަނެއް ދުވަހު ޗައިނާ އެކު ފްރީ ޓްރޭޑް އެގްރީމަންޓު ގާއިމުކުރީ. އެހެންވީމަ މިކަހަލަ ހުރިހާ ކަމެއް މިހެން އޮތީމަ މި ވާގޮތަކީ އިންޑިއާ އާއި އަޅުގަނޑުމެންނާއި ޒަމާނުއްސުރެން އޮންނަ ވިސާގެ ގުޅުމާއި ވިސާގެ ކަންތައްތައް ހަމަޖެހިފައި އޮންނަ ގޮތާއި މިކަންތައްތަކަށް އިތުބާރު ކުޑަވެގެން ގޮސް ބުރޫ އަރަނީ" ކެރެފާ ނަސީމް ވިދާޅުވިއެވެ.

މި ސަރުކާރުން ދައްކަވާ ވަހަކަތާއި ކުރައްވާ ކަންތައްތައް ދިމާނުވާކަން ކެރެފާ ނަސީމް ފާހަގަކުރެއްވިއެވެ.

ކެރެފާ ނަސީމް އިތުރަށް ވިދާޅުވީ ފައިތުވި ހުރިހާ ވެރިކަމެއްގައިވެސް ހާރިޖީ ސިޔާސަތުތައް ގެންގުޅުއްވީ ވަރަށް ހަރުދަނާ ކޮށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
22 ޑިސެންބަރ 2017 | ހުކުރު 11:58
ހ މ ޒ
ސާސްކަފަކާއި ދިމާއަށް ފަރި ނަލަ ވައިގައި އިންޑިޔާ ކަނޑުގައި ދަތުރުކޮށްފައި އެދަނީ އިސްލާމީ ނަވުގައެވެ.