ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 23:26
މައްސަލަ ދިމާވި ކަރަންޓް ކޭބަލް ހޯދުމުގެ މަސައްކަތް ކުރަނީ
މައްސަލަ ދިމާވި ކަރަންޓް ކޭބަލް ހޯދުމުގެ މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
ކަރަންޓު ކެނޑުން
ލ. މާމެންދޫގެ އެއްބައި އަދިވެސް ކަނު އަނދިރީގައި
ކަރަންޓު ކެނޑިފައިވަނީ ހެނދުނު
ކަރަންޓު ކެނޑިފައިވަނީ ކޭބަލް އަށް ދިމާވި މައްސަލައަކުން

ލ. މާމެންދޫން ބުރާސްފަތި ދުވަހު ހެނދުނު ކަރަންޓް ކެނޑުނު ގޮތަށް، އަދިވެސް މުޅި ރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މާމެންދޫގެ ކައުންސިލުގެ ނައިބު ރައީސް ހުސެއިން ހަބީބު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން އެ ރަށުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ. ކަރަންޓް ދިޔައީ ކޭބަލަކަށް ދިމާވި މައްސަލައަކުންނެވެ. އެ މައްސަލަ ހައްލުކޮށް ރަށުގެ އެއްބަޔަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދެވިފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ އެ ރަށަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވަނީ ކޭބަލްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި މިހާރު ރަށުގެ އެކި ސަރަހައްދުތައް ކޮނެ، މައްސަލަ ދިމާވެފައިވަނީ ކޮން ކޭބަލްއަކަށްތޯ ބަލަމުންދާ ކަމަށެވެ. ހަމައެއާއެކު ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިތުރު ކޭބަލްއެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އަލުން ކަރަންޓް ފޯރުކޮށް ނުދެވި އޮތީ ރަށުގެ ހުޅަނގު ފަރާތަށް ކަމަށްވާތީ، އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ ބައެއް މީހުން ވަގުތީ އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް