ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 17:54
ދަރަވަންދޫގެ ތާރީޚާއި ގުޅޭގޮތުން ނެރޭ ފޮތުގެ ކަވަރު
ދަރަވަންދޫގެ ތާރީޚާއި ގުޅޭގޮތުން ނެރޭ ފޮތުގެ ކަވަރު
ފޭސްބުކް
ދަރަވަންދޫ
ދަރަވަންދޫގެ ތާރީޚާއި ގުޅޭ ފޮތެއް ނެރެނީ
ދަރަވަންދޫގެ ތާރީޚާއި ގުޅޭ އެތައް ވާހަކަތަކެއް މި ފޮތުގައި ހިމެނޭނެ

ބ. ދަރަވަންދޫގެ ތާރީޚާއި ގުޅޭގޮތުން ތާރީޚު ލިޔުންތެރިޔާ ބ. ދޮންފަނު، މުޙައްމަދު ޔޫސުފް ލިޔުއްވައިފައިވާ ފޮތެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މުޙައްމަދު ޔޫސުފް ވިދާޅުވީ ބ. އަތޮޅު ދަރަވަންދޫގެ ތާރީޚީ އެތައް ވާހަކަތަކެއްގެ ތަފްސީލު މިފޮތުގައި ހިމެނޭނެ ކަމަށެވެ. 

ތާރީޚީ ލިޔުންތަކުގެ އިތުރުން ޅެންވެސް ހައްދަވާ މުހައްމަދު ޔޫސުފް ވިދާޅުވީ 20 ސަފްހާގެ މިފޮތުގައި ބޭނުންތެރި އެތައް މަޢުލޫމާތަކާއި، މުހިންމު ފޮޓޯތައް ހިމެނޭނެ ކަމަށެވެ. މުޙައްމަދު ޔޫސުފްގެ ޒުވާން ދުވަސްވަރުގެ ބޮޑުބައެއް ހޭދަކުރައްވައިފައިވަނީ ދަަރަވަންދޫގައެވެ. 

"ތާރީޚީ ގޮތުން ބ. ދަރަވަންދޫ"، ގެ ނަމުގައި ލިޔެފައިވާ މި ފޮތް ލިޔުއްވި ލިޔުންތެރިޔާގެ ހައިސިއްޔަތުން މުހައްމަދު ޔޫސުފް ވިދާޅުވީ، ފޮތް ތަހްސީސް ކުރައްވަނީ އޭނާގެ ބައްޕާފުޅު، ބ. ދޮންފަނު ތަރިވިދާގޭ އަލްމަރުހޫމް ޔޫސުފް މުޙައްމަދުގެ ހަނދާނުގައި ބައްޕައަށް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 33 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް