ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 13:20
ފޭސްބުކް، މިދިޔަ އަހަރުގެ ދެ ކުއާޓަރުގައި މައުލޫމާތު ހޯދަން އެދުނީ 18 އެކައުންޓެއްގެ
ފޭސްބުކް، މިދިޔަ އަހަރުގެ ދެ ކުއާޓަރުގައި މައުލޫމާތު ހޯދަން އެދުނީ 18 އެކައުންޓެއްގެ
ގޫގުލް
ފޭސްބުކް
ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ފޭސްބުކް
49 އެކައުންޓްގެ މައުލޫމާތު ހޯދަން 36 ފަހަރެއްގެ މަތިން ދިވެހި ސަރުކާރުން އެދިފައިވޭ
ޖެނުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް ޖުމްލަ 52 އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް އެދުނު
ލިޔެކިޔުން ހުށަހެޅީ 78 އިންސައްތަ މައްސަލަތަކުގައި

ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް ފޭސްބުކްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފޭސްބުކް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫންމަހާ ހަމައަށް ޖުމްލަ 52 އެކައުންޓެއްގެ މައުލޫމާތު ހޯދުމަށް ދިވެހި ސަރުކާރުން ފޭސްބުކްގައި އެދިފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޖިނާއީ މައްސަލަތަކާ ގުޅިގެން މައުލޫމާތު ހޯދަން އެދުނު 49 އެކައުންޓަކާއި، އެމަޖަންސީ ހާލަތެއް ކަމަށް ބުނެ މައުލޫމާތު ހޯދަން އެދުނު ތިން އެކައުންޓެކެވެ. 

ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން 36 ފަހަރެއްގެ މަތިން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފޭސްބުކްގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހޯދަން އެދޭއިރު، އެކަމާ ގުޅޭ ލިޔެކިޔުން ހުށަހަޅަންޖެހެއެވެ. އެހެންނަމަވެސް، ޖިނާއީ މައްސަލަތަކާ ގުޅިގެން ލިޔެކިޔުންތައް ހުށަހަޅާފައި ވަނީ 78 އިންސައްތަ މައްސަލަތަކުގެއެވެ.

އެމަޖެންސީ ހާލަތުގައި ކަމަށް ބުނެ މައުލޫމާތު ހޯދަން އެދުނު އެކައުންޓާ ގުޅޭ މައްސަލައިގެ ލިޔެކިޔުންތައް ފޭސްބުކްއާ ހިއްސާކޮށްފައިނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފޭސްބުކްގެ ޓްރާންސްޕޭރަންސީ ރިޕޯޓް އަހަރުގެ ދެ ކުއާޓަރުގައި ނެރޭއިރު، މިއަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓް މިހާތަނަށް އަދި ނެރެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ދެ ކުއާޓަރުގައި ޖިނާއީ މައްސަލަތަކާ ގުޅިގެން ދިވެހި ސަރުކާރުން މައުލޫމާތު ހޯދަން އެދިފައި ވަނީ ޖުމްލަ 18 އެކައުންޓެއްގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް