ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 17:29
ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި
ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި
އެންވަރަންމަންޓް މިނިސްޓްރީ
ހަކަތަ އިގްތިސާދު ކުރުން
ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތައް ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި
މިއީ 1.9 މިލިއަން ރުފިޔާގެ މަޝްރޫއެއް
ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޔުޓީލިކޯ ޕްރައިވެޓް ލިމިޓެޑް

ހަކަތަ އިގްތިސާދު ކުރެވޭނެ ގޮތްތަކެއް ދިރާސާކޮށް ފަރުމާ ކުރުމަށް ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑާއި އެންވަޔަރމެންޓް މިނިސްޓްރީން ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ބުރާސްފަތި ދުވަހު ހެނދުނު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަބްދުﷲ މަޖީދެވެ. ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ އަހްސަނެވެ.

މަޖީދު ވިދާޅުވީ، މި އެއްބަސްވުމަކީ، ގްލޯބަލް އެނަރޖީ ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ފެށުމުގެ ބޭނުމަކީ ހަކަތަ އިސްރާފުކުރުން މަދުކޮށް، ޖައްވަން ދޫކުރާ ގްރީން ހައުސް ގޭސް މަދުވެރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

"އިމާރާތް ކުރުމުގައި ވެސް ހަކަތަ މަދުން ބޭނުން ކުރުން ވަރަށް މުހިއްމު. ހަވާލު ކުރެވުނު މަޝްރޫއުއަކީ 1.9 މިލިއަން ރުފިޔާގެ މަޝްރޫއެއް. މިއީ ފަސް މަސް ދުވަހުގެ މަޝްރޫއެއް،" މަޖީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ އާބާދީއެއް ނަމަވެސް، އެއް ދުވަހުން އަނެއް ދުވަހަށް ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުވަމުންދާ ކަމަށާއި މިކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅެންޖެހޭ ކަމަށް މަޖީދު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އިމާރާތްތަކުގައި ހަކަތަ ބޭނުންކުރާ ގޮތް ދެނެގަނެ، އިމާރަތްތައް ފަރުމާކުރުމުގައި ހަކަތަ ރައްކާކުރުމަށް އެންމެ އެކަށިގެންވާ ގޮތްތައް ދިރާސާކޮށް، ސަރުކާރުގެ އޮފީސްތަކުގައި ހަކަތަ ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާ ކުރެވޭނެ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެއެވެ.

މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއަކީ މިނިސްޓްރީ އާއި އދ. ގެ ތިމާވެށްޓާ ބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް