ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 14:43
އާއިލާއާ އެކު ގޭޓްސް ވަނީ ޗުއްޓީ ހޭދަކޮށްލެއްވުމަށް ރާއްޖެ ވަޑައިގެންފައި
އާއިލާއާ އެކު ގޭޓްސް ވަނީ ޗުއްޓީ ހޭދަކޮށްލެއްވުމަށް ރާއްޖެ ވަޑައިގެންފައި
ގޫގުލް
ބިލް ގޭޓްސް
ރާއްޖެއިން ހިމަބިހި ނައްތާލެވުން އަހަރުގެ ކާމިޔާބެއްގެ ގޮތުގައި ބިލް ގޭޓްސް ސިފަ ކުރައްވައިފި
ގޭޓްސް ފައުންޑޭޝަނުން އެންމެބޮޑު ހޭދައެއްކުރާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ
މިހާރުވެސް މުއްސަންދިންގެ ލިސްޓްގެ އެންމެ ކުރީގައި އުޅުއްވަނީ ބިލް ގޭޓްސް

ރާއްޖެ އާއި ނޭޕާލުން ހިމަބިހި ނައްތާލެވުމަކީ ނިމިގެންދާ 2017 ވަނަ އަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި ހިމެނުނު ކަމެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އަދި މައިކްރޯ ސޮފްޓްގެ ބާނީ ބިލް ގޭޓްސް ސިފަކުރައްވައިފިއެވެ.

އަނބިކަނބަލުންނާއެކު އަމިއްލަފުޅު ފައުންޑޭޝަނެއް ހައްދަވައިގެން ފަގީރުކަމާ ދެކޮޅަށް ވެސް ބޮޑެތި ހޭދަތަކެއް ކުރައްވަމުން ގެންދަވާ ބިލް ގޭޓްސް މިހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޗުއްޓީ ދަތުރުފުޅެއްގައި ހުންނަވައި ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައެވެ. އެ ގޮތުން ކުރެއްވި މި ޓްވީޓްތައް ފައްޓަވަމުން ބިލް ވިދާޅުވެފައި ވަނީ މިއީ ގޮންޖެހުންތަކާ އެކު ވެސް ކުރިއެރުންތަކެއް ހޯދުނު އަހަރެއް ކަމަށެވެ.

ބިލް ގޭޓްސްއަކީ ދުނިޔޭގެ އެންމެ މުއްސަނި މީހުންގެ ތެރެއިން އެކެކެވެ. އަދި 86 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާ އެކު ގޭޓްސް މި ވަގުތު ވެސް ހުންނެވީ ފޯބްސް ބިލިއަނަރުންގެ ލިސްޓްގެ އެންމެ ކުރީގައެވެ. އަދި ފާއިތުވިވެގެން ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އޭނާ އަބަދު ވެސް އެލިސްޓުގެ އެންމެ މުއްސަނދި ފަސް މީހުންގެ ތެރޭގައި ހިމެނެއެވެ.

ބިލް ގޭޓްސްގެ ފައުންޑޭޝަނުުން މިހާތަނަށް 28 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ހޭދަކޮށްފައިވާއިރު އަށް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައި ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 35 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޑިސެންބަރ 2017 | ބުރާސްފަތި 19:46
އައިއުބަބިބު
ގާސިމުވެސް