ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 05:31
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ (ވ-2)
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ (ވ-2)
ރާއްޖެ އެމްވީ
ރާއްޖެ - އިންޑިއާ
އިންޑިއާއިން ކޮށްދޭ ކަންތައް ސަފީރު ހަނދާންކޮށްދެއްވައިފި!
ބަލި 2 މީހަކު ހެލިކޮޕްޓަރުގައި މާލެއަށް ގެނެސްފައިވޭ

އިންޑިއާގެ ހެލިކޮޕްޓަރުގައި އަންގާރަ ދުވަހުވެސް ބަލި މީހުން އުފުލިކަން ފާހަގަކުރައްވައި، ރާއްޖެއަށް އިންޑިއާއިން ކޮށްދޭ ކަންތައް އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ހަނދާންކޮށްދެއްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ މިޝްރާ ކުރެއްވި ޓްވީޓެއްގައިވަނީ ހާލު ދެރަ ބަލި 2 މީހަކު އުނގޫފާރުން މާލެއަށް އިންޑިއާގެ ހެލިކޮޕްޓަރުގައި ގެނެސްފައިވާ ކަމަށާއި، މިއީ އެއް ދަތުރެއްގައި ހާލުދެރަ ބަލި 2 މީހަކު މިގޮތަށް ރާއްޖޭގައި އުފުލި ފުރަތަމަ ފަހަރުކަމަށެވެ. އަދި ހެލިކޮޕްޓަރު އޮޕަރޭޓްކުރި އިންޑިއާ ކަނޑުގެ ސިފައިންނަށް ސަފީރު މިޝްރާވަނީ ޝުކުރު އަދާކުރައްވާފައެވެ.

 އުމުރުން 82 އަހަރުގެ ފިރިހެނަކާއި 57 އަހަރުގެ އަންހެނަކު އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއްގައި އުނގޫފާރުން މާލެ ގެނައިކަން އަކިލޭޝް މިޝްރާ ފާހަގަކުރެއްވިއިރު، އެމަނިކުފާނާއި ބައްދަލުކުރި މައްސަލައިގައި ގއ އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ސަރުކާރުން ގެންދަނީ އިންޑިއާ އެކަހެރިކޮށް، އިންޑިއާއާއި ވާދަވެރި ޗައިނާއާ ގުޅުން ބަދަހިކުރަމުންނެވެ. މިމައްސަލައިގައި އިންޑިއާގެ ޚާރިޖިއްޔާއިން ބުނީ ދިވެހިރާއްޖެއިން އިންޑިއާ އިސްކުރާނެކަމަށް އުއްމީދުކުރާކަމަށެވެ.

އިންޑިއާގެ ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ ޗައިނާއަށްވުރެ ބޮޑަށް އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިވަމުންދާ ކަމަށް ބުނެ، ރާއްޖެއިން ޗައިނާއާ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ގެނައި ބަދަލަށް ފާޑުވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 34 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް