ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 20:55
ގާސިމް އިބްރާހިމް ޖަރުމަނުވިލާތުގައި ޑރ. ޖަމީލާއި އަލީ ވަހީދު އަދި އަމީންއާ ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން
ގާސިމް އިބްރާހިމް ޖަރުމަނުވިލާތުގައި ޑރ. ޖަމީލާއި އަލީ ވަހީދު އަދި އަމީންއާ ބައްދަލުކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން
ޓްވިޓަރ
ގާސިމް އިބުރާހިމް
އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް އެންމެންގެ އެހީތެރިކަމަށް ގާސިމް ގޮވާލައްވައިފި
ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލާއި އަލީ ވަހީދު އަދި އަމީން ވަނީ ގާސިމާ ބައްދަލުކުރައްވާފައި
އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އަންނަ މަހު މަޝްވަރާތައް ފަށާނެ
ގާސިމް ވަނީ ޑރ. ޖަމީލާއި އަލީ ވަހީދު އަދި އަމީނާ ޖަރުމަނުވިލާތުގައި ބައްދަލުކުރައްވާފައި

ރައްޔިތުން އެދޭ ފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް ބުދަ ދުވަހު މިގޮތަށް ޓުވީޓް ކުރެއްވީ ރިޔާސީ އިންތިޚާބާގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްއާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެވެ. އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޖަމީލާއި އަލީ ވަހީދު އަދި އަމީން ގާސިމްއާ ބައްދަލުކުރައްވަން ޖަރުމަނަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ.

މި ތިން ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ "ރާއްޖޭގެ ޑިމޮކްރަސީގެ މަގަށް ގެނުވައި ރައްޔިތުން އެދޭ ފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދު" ކަމަށެވެ.

ގާސިމް އަކީ އިހްލާސްތެރިކަމާއެކު ޑިމޮކްރެޓިކް އިސްލާހު ގެނައުމަށް ކެރިވަޑައިގެން ހުންނެވި ލީޑަރެއް ކަމަށާއި އެ މަނިކުފާނާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ދުލާއި ހިތަށް ވުރެ، ސިކުނޑި އިސްކޮށްގެން ނޫނީ މި ހާލަތުން ރާއްޖެ އަރައިގަންނަން ދަތިވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ތަފާތު ފިކުރުގެ ޕާޓީތައް ހިމެނޭ، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ގާސިމް ތައްޔާރު ކަމަށެވެ. އަންނަ މަހު އެ މަސައްކަތް ފެށޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ޑިސެންބަރ 2017 | ބުރާސްފަތި 02:12
ހ މ ޒ
އިންޑިއާއިން ރާއްޖެއަށް ހަމަލާ ދޭންވީގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، އެ ޕްލޭން މިހާރުވެސް ތައްޔާރަށް އޮތްއިރު، ރާއްޖެއަށް އިންޑިއާގެ އަސްކަރީ ބާރުތައް ފޮނުވަން ޖެހިފައިވާ ކަމަށް އެޤައުމުގެ ނޫހަކުން ބުނެފިއެވެ.
21 ޑިސެންބަރ 2017 | ބުރާސްފަތި 01:12
adam
Ehmenge eheetherikan dheenimeyiru leedarun thibenee baibaivefa laariyah gos husvefa laari libey ehbayakah libenee ehenvumun mihaaru hurihaakameh dhanee faisaa huridhimalakah dhathurukuramun..
21 ޑިސެންބަރ 2017 | ބުރާސްފަތި 01:06
adam
Thigothuga thibikamah vaanama kurierun libeyne Ekamaku hurihaakolha dhuvan fahtaafihyaa ehkamehves nuvaane egothah vavun dhaathan fennsnee abadhuves Kohmefaharakuves athah govaathan fennanee noony guroop badhaluvegen dhaathan fenifaivanee