ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 18:35
މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއިން ފުރާވަޑައިގަތުމަށް ބޯޓަށް އަރާވަޑައިގަންނަވަންވަނީ
މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއިން ފުރާވަޑައިގަތުމަށް ބޯޓަށް އަރާވަޑައިގަންނަވަންވަނީ
ރާއްޖެއެމްވީ
ރާއްޖެ - މެލޭޝިޔާ
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި
ނަޖީބު ރައްޒާރު ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު
ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދުތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބާއި އެމަނިކުފާނުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ވަޑައިގެންނެވުމަށް ފަހު ފުރާވަޑައިގެންނެވީ ބުދަ ދުވަހުގެ މެންދުރު ފަހުއެވެ. ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ބޭފުޅުންނަށް އަލްވާދު ވިދާޅުވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.  

އަންގަރާ ދުވަހު ހަވީރު ރާއްޖެ ވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ބުދަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ސްކޫލުކުދިން ޘަޤާފީ އައިޓަމެއް ހުށަހަޅައިދިންއިރު ހަތް ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

ނަޖީބު ރައްޒާރު ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ވަނީ ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދިވެހި ތާރިޚާއި ސަގާފަތާ ބެހޭ މަރުކަޒެއް މެލޭޝިޔާގައި ޤާއިމްކުރުމުގެ އެއްބަސްވުން، އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާ ބެހޭ ތަމްރީނާ ގުޅޭ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި މަތީ ތައުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުން އަދި ސިއްހީ ހިދުމަތުގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހިމެނެ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރާއި ރައީސް އަބްދުﷲ ޔާމިންގެ އަނބިކަނބަލުން ސަލާމް ކުރައްވަނީ:-

މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، "ފިޔަވަތި" އަށް މެލޭޝިޔާގެ ބޮޑުވަޒީރުގެ ނަޖީބް ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު ބުދަ ދުވަހު ހެނދުނު ވަނީ ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރައްވައި، ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމްތަކާއި އެކުދިން ކުރަހާފައިވާ ކުރެހުންތައް ބައްލަވައިލެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މަރުކަޒާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ބައްލަވައިލެއްވެވިއެވެ.

ފާތުމަތު އިބްރާހިމް އާއި ރޮސްމާ މަންސޫރު ފިޔަވަތި އަށް ކުރެއްވި ޒިޔާރާތުގައި މެލޭޝިޔާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ އެހީ ހަވާލުކުރެއްވިއެވެ. މި އެހީ ހަވާލުކޮށްދެއްވީ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ޑިރެކްޓަރ ޑރ. މުޙައްމަދު މާލިކީ ބިން މުޙައްމަދު ރަޕިއީއެވެ. ފިޔަވަތީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ ފާޠިމަތު ޝިޔާމާއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 27 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް