ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 16:44
ރައީސް މައުމޫން
ރައީސް މައުމޫން
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ބޭރުގެ އެމްބެސެޑަރުންނަން ޖެއްސުންކޮށްގެން، ފެއިލްވެފައިވާ ވެރިކަމެއް ނުދެމެހެއްޓޭނެ: ރައީސް މައުމޫން
ހުއްދަ ނެތި އެމްބެސެޑަރުންނާ ބަދަލުކުރުން ކައުންސިލްތަކަށް ވަނީ މަނާކޮށްފައި
އިންޑިއާ ސަފީރާ ބައްދަލުކުރި މައްސަލައިގައި ގއ. އަތޮޅު ކައުންސިލްގެ ތިން މެންބަރުން ވަނީ ސަސްޕެންޑްކޮށްފައި

ރާއްޖެ އިން ބޭރުގެ ލީޑަރުންނާއި، އެމްބެސެޑަރުންނަން ޖެއްސުންކޮށްގެން ފެއިލްވެފައިވާ ވެރިކަމެއް ނުދެމެހެއްޓޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ވިދާޅުވެއްޖެވެ.

އެމެރިކާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްފައިވާ ސަފީރު އަތުލް ކެޝަޕް އާއި އަކިލޭޝް މިޝްރާ ޓެގް ކުރެއްވުމަށް ފަހު ރައީސް މައުމޫން ވިދާޅުވީ ރާއްޖެ އިން ބޭރުގެ ލީޑަރުންނާއި، އެމްބެސެޑަރުންނަން ޖެއްސުންކޮށްގެން ފެއިލްވެފައިވާ ވެރިކަމެއް ނުދެމެހެއްޓޭނެ ކަމަށެވެ.  

ރައީސް ޔަމީންގެ ސަރުކާރުން ބޭރުގެ އެމްބެސަޑަރުންނަން ޖެއްސުން ކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، ކައުންސިލްތަކުން ހުއްދަ ނެތި ބޭރުގެ ފަރާތްތަކާއި ބައްދަލު ނުކުރުމަށް ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އަންގާފައެވެ. އަދި އެލްޖީއޭ އިން ވަނީ ގއ. ވިލިނގިލީ އަތޮޅު ކައުންސިލްގެ ތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައެވެ. ގއ. އަތޮޅު ކައުންސިލްގެ މެންބަރުން ސަސަޕެންޑް ކޮށްފައި ވަނީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ މަހުގެ 11 ވަނަ ދުވަހު އެކައުންސިލުން ބައްދަލު ކޮށްފައި ވަނިކޮށެވެ.

ކައުންސިލަރުން ސަސްޕެންޑްކުރި މައްސަލަ އެ ތިން ކައުންސިލަރުން ނިސްބަތްވާ އެމްޑީޕީ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މައްސަލަ ހުށަހަޅާފައި ވަނީ ތިން މަސް ދުވަހުގެ މުސާރަ ނުލިބޭ ގޮތަށް އަދި އޮފީހަށް ހާޒިރުނުވެވޭ ގޮތަށް ކޮށްފައިވާ ސަސްޕެންޝަން އުވާލުމަށާއި އަދި މައްސަލަ ހިނގަމުންދާއިރު އޮފީހަށް ހާޒިރުވެވޭ ގޮތަށް އެ ސަސްޕެންޝަން އުވާލުމުގެ ވަގުތީ އަމުރެއް ހޯދުމަށެވެ. ކައުންސިލުން ބުނެފައި ވަނީ އިންޑިއާ ސަފީރާ ބައްދަލުކޮށްފައި ވަނީ އެލްޖީއޭގެ ސާކިއުލާ އެ ކައުންސިލަށް ލިބުމުގެ ކުރިން ކަމަށެވެ. 

ގއ. އަތޮޅު ކައުންސިލްގެ މެންބަރުން ސަސްޕެންޑްކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ވަނީ މި ހަފްތާގެ ތެރޭގައި ޔޫއެންޑީޕީގެ އޮފިޝަލުންތަކަކާ ބައްދަލުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 28 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް