ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 14:39
މެލޭޝިއާ ބޮޑުވަޒީރާއެކު ރައީސް ޔާމީނު ބޭއްވި ބައްދަލުވުމުގެ ތެރެއިން މި ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއިކުރި
މެލޭޝިއާ ބޮޑުވަޒީރާއެކު ރައީސް ޔާމީނު ބޭއްވި ބައްދަލުވުމުގެ ތެރެއިން މި ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއިކުރި
ރައީސް އޮފީސް ޓްވިޓާ
ދިވެހިރާއްޖެ-މެލޭޝިއާ
ފިނޭންސްގެ 25 ބުރީގެ އިމާރާތަށް 122 މިލިއަން ޑޮލަރު ބޭނުންވޭ، އެ އިމާރާތް ނިމޭތަން ދެކެން ބޭނުން: ނަޖީބު
ފިނޭންސް 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާ ކުންފުންޏަކާ
ސަރުކާރުން ކުރިން ބުނީ އެއީ ކޮންޓްރެކްޓަރު ފައިނޭންސް ކުރާ ގޮތަށް ހިންގާ މަޝްރޫއެއް ކަމަށް
އިމާރާތް ހަދައި ނިމޭތަން ދެކެން ބޭނުންވާ ކަމަށް ނަޖީބު ވިދާޅުވި

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ސަރުކާރުން އެހީވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ބަޔާނުގައި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް 122 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. ނަޖީބު ވިދާޅުވި ގޮތުގައި އެ އިމާރާތް ހަދައި ނިމޭތަން ދެކެން މެލޭޝިއާއިން ބޭނުންވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ އިމާރާތުގެ މަސައްކަތް އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާތީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އިމާރާތް ނިމޭއިރު ހުންނާނެ ގޮތުގެ މޮޑެލްއެއް

ތިން އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމާ ގޮތަށް ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ "ޑަބްލިޔޫ ޒެޑް އާރު ޕުރޮޕަޓީ"އާއެވެ. އެކުންފުންޏާއެކު އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އިމާރާތް ފުރަތަމަ އެޅުމަށް އެންމެ ފުރަތަމަ ނިންމީ ފިނޭންސް މިނިސްޓްރީ ހުންނަ ކޮށީގައެވެ. އެހެން ނަމަވެސް މެލޭޝިއާ ކުންފުންޏާ މަސައްކަތް ހަވާލުކުރި ފަހުން ސަރުކާރުން ވަނީ އެ އިމާރާތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފަ އެވެ. 

ސަރުކާރުން އެއިރު ހާމަކޮށްފައިވާ ގޮތުގައި ފިނޭންސް އިމާރާތް އަޅަނީ ކޮންޓްރެކްޓަރު ފައިނޭންސްކުރާ ގޮތަށް، 123 މިލިއަން ޑޮލަރަށެވެ. 

ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި އެއިރުގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކޮންޓްރެކްޓަރު ފައިނޭންސްކުރާ ގޮތަށް އިމާރާތްކުރާ ނިންމާއިރު، ކޮންޓްރެކްޓަރަށް ފައިސާ ދައްކަން ސަރުކާރަށް 23 އަހަރު ލިބޭނެ ކަމަށެވެ. ސަރުކާރުން އެފަރާތައް ފައިސާ ދައްކާނީ އެ އިމާރާތުން ސަރުކާރަށް ލިބޭފައިސާއިން ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް