ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 13:41
ބޮޑުވަޒީރު ނަޖީބު ރައްޒާގާއެކު ރައީސް އޮފީހުގައި ރައީސް ޔާމީން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ބޮޑުވަޒީރު ނަޖީބު ރައްޒާގާއެކު ރައީސް އޮފީހުގައި ރައީސް ޔާމީން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް ޓްވިޓާ
ދިވެހިރާއްޖެ-މެލޭޝިއާ
ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓަވަން ކުރާ މަސައްކަތް މެލޭޝިއާ އާ ގުޅިގެން ދެގުނައަށް އިތުރުކުރާނަން: ރައީސް ޔާމީން
ޓެރަރިޒަމުގެ ނުރައްކާ ކުރިމަތިވެފައިވާ މިންވަރާ މެދު މަޝްވަރާ ކުރެއްވި
އިސްލާމިކް ސްޓޭޓްގެ ނުރައްކާ މެލޭޝިއާއަށް ބޮޑު
ދެގައުމުގެ ރައްޔިތުންތަކެއް ވަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައި
ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމުގެ އަމަލުތައް ހުއްޓަވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް މެލޭޝިއާއާ ގުޅިގެން ދެގުނައަށް އިތުރުކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބުދަ ދުވަހު ރައީސް އޮފީހުގައި ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމުގެ ނުރައްކާ, މެލޭޝިއާއާއި ރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ދެގައުމުން ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރާއެކު އެއްބަސްވެވަޑައިގެންނެވުނު ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރާއެކު ރައީސް ޔާމީން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވާހަކަފުޅުގައިވެސް ވަނީ ޓެރަރިޒަމުގެ ނުރައްކާ ކުރިމަތިވެފައިވާ މިންވަރު ފާހަގަކުރައްވާފަ އެވެ. ނަޖީބު ވިދާޅުވީ މެލޭޝިއާއަކީ އިސްލާމިކް ސްޓޭޓް(އައިއެސް) ނުރައްކާތެރިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމު ކަމަށެވެ. ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކުން ދުރާލައި ރައްކާތެރިވުމަށް މެލޭޝިއާއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ޔާމީނާއެކު މަޝްވަރާކުރެއްވި ކަމަށް ނަޖީބު ވިދާޅުވި އެވެ.

ނަޖީބު ވިދާޅުވި ގޮތުގައި ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަދި ސަރަަހައްދީ ފެންވަރުގައި މަސައްކަތްކުރާނަމަ އެކަންތައްތަކާ އެންމެ ފުރިހަމައަށް ކުރިމަތިލެވޭނެކަން ޔަގީނެވެ.

ރާއްޖެއާއި މެލޭޝިއާއަށްވެސް ވަނީ ޓެރަރިޒަމުގެ ނުރައްކާ ކުރިމަތިވެފަ އެވެ. އެގޮތުން، އިސްލާމިކް ސްޓޭޓާއި ޖަބްހަތުލް ނުސްރާ ފަދަ ޖަމާއަތްތަކާއެކު ދެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދަނީ ހަނގުރާމަކުރަމުންނެވެ. މީގެ އިތުރުން، ޓެރަރިސްޓް ހަމަލާ ދިނުމަށް ރޭވުމުގެ ތުހުމަތުގައި ދެގައުމުންވެސް ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް