ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 12:35
ހދ. ނޮޅިވަރަމްގެ މަންޒަރެއް
ހދ. ނޮޅިވަރަމްގެ މަންޒަރެއް
ޓްރިޕްއެޑްވައިޒަރ
ގެއްލުނު އަންހެން މީހާ
ނޮޅިވަރަމުން އަންހެނަކު ގެއްލިގެން ފުލުހުންނާއި އެމްއެންޑީއެފް އިން ހޯދަން ފަށައިފި
ގެއްލިގެން ހޯދަމުންދަނީ 41 އަހަރުގެ އަންހެނެއް
އެމީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ދެމުންދާ މީހެއް
މިކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 11:00 ގައި

ހދ. ނޮޅިވަރަމުން މޫދަށް އެރި އުޅެނިކޮށް ގެއްލުނު އަންހެނަކު  ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 11:00 ހާއިރު ކަމަށެވެ. އުމުރުން 41 އަހަރުގެ އަންހެނަކު މޫދަށް އެރި އުޅެނިކޮށް ވީގޮތެއް ނޭނގިގެން ފުލުހުން ހޯދަމުންދާ އިރު އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން އެރަށުގެ ވަށައިގެން ކަނޑުގެ ސަރަހައްދު ބެލުމުގައި ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ނޮޅިވަރަމް ކައުންސިލްގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އޭނާ ހެނދުނު މޫދަށް ގޮސްފައިވަނީ އޭނާ ދިރިއުޅޭ ގޭ މީހުންނަށް ވެސް ނޭނގި ކަމަށެވެ. އެެހެން ނަމަވެސް އޭނާ މޫދުން އަރައިގެން އައިތަން ހެނދުނު 08:30 ހާއިރު ފެނުނު މީހުން ތިބި ކަމަށް ނަސީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފުލުހުން މި އަންހެން މީހާ ހޯދަނީ މޫދަށް އެރި އުޅެނިކޮށް ގެއްލިގެން އުޅޭ މީހެއްގެ ގޮތުގަ އެވެ.

ކައުންސިލް މެންބަރު ނަސީރު ވިދާޅުވީ، ހޯދަމުންދާ އަންހެން މީހާ އެންމެފަހުން ފެނިފައިވަނީ ގަބުރުސްތާނާ ހަމައިން ކަމަށާއި އެއީ މޫދާ އެހާ ދުރު ހިސާބެއް ނޫން ކަަމަށެވެ. ގެއްލިގެން ހޯދަމުންދަނީ އެރަށު މަންޒަރުގެ، ޝާހިދާ އަލީ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 37 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 ޑިސެންބަރ 2017 | ބުރާސްފަތި 07:16
Moosa
Fotho ga thi vanee Nolhivaram ge photo eh noon.. Aee Nolhivaram kairee onna Nolhivaramfaru ge photo eh.. Thedhu haama kurahvaa.