ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 13:00
މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން "ފިޔަވަތި"އަށް ޒިޔާރަތްކުރައްވައި ކުދިންނާ ބައްދަލުކުރައްވަނީ
މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން "ފިޔަވަތި"އަށް ޒިޔާރަތްކުރައްވައި ކުދިންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ދިވެހިރާއްޖެ-މެލޭޝިއާ
މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން "ފިޔަވަތި"އަށް ޒިޔާރަތް ކުރައްވައިފި
މެލޭޝިޔާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ފަރާތުން ފިޔަވަތިއަށް ވަނީ އެހީ ދެއްވާފަ

ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، "ފިޔަވަތި" އަށް މެލޭޝިއާގެ ބޮޑުވަޒީރުގެ ނަޖީބް ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު ބުދަ ދުވަހު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރައްވައި، ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމްތަކާއި އެކުދިން ކުރަހާފައިވާ ކުރެހުންތައް ބައްލަވައިލެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މަރުކަޒާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ބައްލަވައިލެއްވެވިއެވެ.

ފާތުމަތު އިބްރާހިމް އާއި ރޮސްމާ މަންސޫރު ފިޔަވަތި އަށް ކުރެއްވި ޒިޔާރާތުގައި މެލޭޝިއާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ އެހީ ހަވާލުކުރެއްވި އެވެ. މި އެހީ ހަވާލުކޮށްދެއްވީ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ޑިރެކްޓަރ ޑރ. މުޙައްމަދު މާލިކީ ބިން މުޙައްމަދު ރަޕިއީއެވެ. ފިޔަވަތީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ސީ.އީ.އޯ ފާޠިމަތު ޝިޔާމާއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 39 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް