ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 12:49
މެލޭޝިއާ އާއި ރާއްޖެއާދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
މެލޭޝިއާ އާއި ރާއްޖެއާދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
ރައީސް އޮފީސް ޓްވިޓާ
މެލޭޝިޔާ-ދިވެހިރާއްޖެ
މެލޭޝިޔާއާއެކު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި
މެލޭޝިޔާގައި ދިވެހިރާއްޖޭގެ ތާރީހާ ބެހޭ މަރުކަޒެއް ގާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރި

ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ އާއި މެލޭޝިޔާއާދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދިވެހި ތާރިޚާއި ސަގާފަތާބެހޭ މަރުކަޒެއް މެލޭޝިޔާގައި ޤާއިމްކުރުމުގެ އެއްބަސްވުން، އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާބެހޭ ތަމްރީނާގުޅޭ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި މަތީ ތައުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުން އަދި ސިއްހީ ހިދުމަތުގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހިމެނެ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވަނީ ބާއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 30 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް