ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 12:18
ޒާހިޔާ އާއި މުންދު
ޒާހިޔާ އާއި މުންދު
ޓްވިޓަރ
ޒާހިޔާ ޒަރީރު
ސަފީރުކަމުން ވަކިކުރި ޒާހިޔާ ޒަރީރަށް އެމްބެސެޑާ އެޓް ލާޖުގެ މަގާމު ދެއްވައިފި
ޒާހިޔާ އަންޔަން ކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ސަފީރުކަމުން ޒާހިޔާ ވަކިކުރުމާއި ގުޅިގެން ރަސްމީ ބަހެއް ނުލިބޭ

ޒާހިޔާ ޒަރީރަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމު ދެއްވައިފިއެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމުން ވަކިކުރި ޒާހިޔާ ޒަރީޒުއަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމު ދެއްވިކަން ވަނީ ކަށަވަރުވެފައެވެ. ޒާހިޔާ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުގެ މަގާމުން ވަކިކުރި މައްސަލައާއި ގުޅިގެން މިހާތަނަށް ރަސްމީ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

2014  ވަނަ އަހަރު މެއި މަހުގެ 20 ވަނަ ދުވަހު ޒާހިޔާ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަންޔަން ކުރުމަށް ފަހު  އެ މަގާމުން އޭނާ ވަކިކުރީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ޒާހިޔާ އެ މަގާމުން ވަކިކުރެއްވުމަށް ފަހު ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާ ސަރީރަކަށް މުހައްމަދު ހުސެއިން ޝަރީފް ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް