ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 12:08
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ނާޝިދު ބައްދަލުވުމެއްގައި
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ނާޝިދު ބައްދަލުވުމެއްގައި
ޔޫތު މިނިސްޓްރީ
ސްޕޯޓްސް ކޮމިޝަނަރުގެ އިސްތިއު
ސްޕޯޓްސް ކޮމިޝަނަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ނަޝީދު އެމްޕީއެލް އަށް
ޑެޕިއުޓީ ހާބާ މާސްޓަރުގެ މަގާމަކީ ނަޝީދު ކުރިން ވެސް އަދާކުރެއްވި މަގާމެއް
މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާއި ގުޅިގެން އެކަށީގެންވާ ވަރަށް ވަގުތު ނުދެވޭތީ
ނަޝީދު އަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން އައްޔަންކުރި ފުރަތަމަ ކޮމިޝަނަރު

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އަހުމަދު ނަޝީދު(ޓީސީ ޑޭވް) އިސްތިއުފާ ދެއްވުމަށް ފަހު އެމްޕީއެލްގެ ޑެޕިއުޓީ ހާބާ މާސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވުމުން ވަޒީފާއަށް ނުކުންނަވަން ފަށައިފިއެވެ.

އަމިއްލަ ސަބަބުތަކަކާއި ގުޅިގެން އެކަށީގެންވާ ވަރަށް ވަގުތު ނުދެވޭތީ ސްޕޯޓް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާދެއްވި ނާޝިދު އެމްޕީއެލްގެ ވަޒީފާއަށް ނުކުންނަވަން ފެށީ މި ހަފްތާގެ ތެރޭގައެވެ. އެމްޕީއެލްގެ ޑެޕިއުޓީ ހާބާ މާސްޓަރުގެ މަގާމަކީ ނަޝީދު ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން އަދާ ކުރެއްވި ވަޒީފާއެވެ.

މިކަމާއި ގުޅިގެން ނަޝީދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ނަޝީދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު އެވެ. ނަޝީދުއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އައްޔަންކުރި ފުރަތަމަ ކޮމިޝަނަރ އޮފް ސްޕޯޓްސް އެވެ.

 

ކުޅިވަރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސް އައްޔަން ކުރާނީ ކުޅިވަރާ ބެހޭ މިނިސްޓަރާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް ހަތަރު އަހަރުގެ މުއްދަތަކަށް އައްޔަންކުރާއިރު އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބިލައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް