ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 10:48
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރަސްމީ މަރުހަބާ ދެންނެވި ހަފްލާ
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރަސްމީ މަރުހަބާ ދެންނެވި ހަފްލާ
ރައީސް އޮފީސް ޓްވިޓާ
ރާއްޖެ - މެލޭޝިޔާ
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީކޮަށް މަރުހަބާ ދަންނަވައިފި
މިއީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް

ރަސްމީ ދުތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އަނބިކަނބަލުން ރޮސްމާ މަންސޫރަށް ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.

އަންގަރާ ދުވަހު ހަވީރު ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ބުދަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ. އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ޘަޤާފީ އައިޓަމެއް ސްކޫލުކުދިން ހުށަހަޅައި ހަތް ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން މެލޭޝިޔާގެ ބޮޑުވަޒީރަށް ތައާރަފްކޮށް އެރުވި އެވެ.

ނަޖީބު ރައްޒާރު ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިޔާއާދެމެދު ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް