ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 19:24
މޮޅަދޫ އިންޖީނުގޭގެ ތިޖޫރިން ހޯދި ފައިސާތައް
މޮޅަދޫ އިންޖީނުގޭގެ ތިޖޫރިން ހޯދި ފައިސާތައް
ޕޮލިސް
ތިޖޫރި ވަގަށް ނެގުން
މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
މައްސަލައިގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ 20 އަހަރާއި 26 އަހަރުގެ ދެ މީހުން

ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ. މައްސަލައިގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އޮފިޝަލް ވިދާޅުވީ ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ 20 އަހަރާއި 26 އަހަރުގެ ދެ މީހުން ކަމަށެވެ. ދެ މީހުން ހައްޔަރުކޮށް، ބައެއް ތަންތަން ބަލައި ފާސްކޮށް ފުލުހުން ވަނީ ތިޖޫރިން ގެއްލުނު ފައިސާތައް ވެސް ހޯދައިފައެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިޖޫރި ވަގަށް ނެގިއިރު 38،740ރ. ހުރި ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 39 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް