ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 17:28
މީގެ ކުރިން ރައީސް ޔާމީން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މީގެ ކުރިން ރައީސް ޔާމީން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޓްވިޓަރ
ރާއްޖެ - މެލޭޝިޔާ
މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ދެ ގައުމުގެ ދެމެދު ރަސްމީ ބައްދަލުވުންތައް އޮންނާނީ ބުދަ ދުވަހު
މި ދަތުރުފުޅުގައި ބައެއް އެމްއޯޔޫތަކުގައި ސޮއިކުރައްވާނެ
މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިނުގަންނަވާތާ 33 އަހަރުވެއްޖެ

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އެމަނިކުފާންގެ އަނބިކަބަލުން ރޮންމާހް މަންސޫރު ރާއްޖެ ވަޑައިގެންފިއެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް މެލެޝިއާގެ ބޮޑުވަޒީރު ނަޖީބުގެ ދެކަނބަލުން އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ވަޑައިގެންނެވީ، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ދައުވަތަކަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ނަޖީބުގެ ދެކަނބަލުންނަށް މަރުޙަބާ ދަންނަވާފައި ވަނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަތައް އޮންނާނީ ބުދަ ދުވަހެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުގައި ދެ ގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމާއި ބައެއް އެމްއޯޔޫތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގެންނެވި އިރު، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިނުގަންނަވާތާ 33 އަހަރުވެއްޖެ އެވެ. އެންމެ ފަހުން މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1984 ވަނަ އަހަރުއެވެ. އެއިރު އެގައުމުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވީ މަހާތީރު މުހައްމަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 25 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް